ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީ، އޭނާގެ ޒުވާން ދުވަސްވަރު އިނގިރޭސި ބަސް އުނގެނުމަށް އިސްކަން ނުދެވުމަކީ އަމިއްލަ ދިރިއުޅުމުގައި ކުރެވޭ އެންމެ ބޮޑު ހިތާމަ ކަމަށް ހާމަކޮށްފިއެވެ.

"މީރޯ ޑި އަޓްރަސް" ޕޮޑްކާސްޓުގައި ވާހަކަދައްކަމުން މެސީ ބުނީ، ބަހުގެ ހުރަސްތަކުގެ ސަބަބުން ބައިނަލްއަގުވާމީ ކެރިއަރުގައި ނުފޫޒުގަދަ ޝަޚުސިއްޔަތުތަކާ މުއާމަލާތްކުރުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށާއި، ބައެއް ފަހަރު އެއްޗެއް ނޭނގޭ މީހެއްގެ އިހުސާސް ކުރެވުނު ކަމަށެވެ.

މެސީ އިތުރަށް ފާހަގަކުރި ގޮތުގައި، އޭނާގެ އެ ތަޖުރިބާގެ އަލީގައި މިހާރު އަންނަނީ ތައުލީމާއި ބަސް އުނގެނުމުގެ މުހިންމުކަން އޭނާގެ ދަރިންނަށް ބުނެދެމުންނެވެ.

އަދި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އަބަދުވެސް ދަރިންނަށް ބާރުއަޅާ ކަމަށް އޭނާ ބުންޏެވެ. ބަހުގެ މައްސަލައިގައި ހިތާމަ ހުރި ނަމަވެސް، އެމެރިކާގެ އިންޓަ މިއާމީއާ ގުޅުނު ފަހުން މެސީ އަންނަނީ އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހާސިލުކުރަމުންނެވެ. މީގެ ތެރޭގައި ލީގްސް ކަޕާއި އެމް.އެލް.އެސް ކަޕް ކާމިޔާބުކުރުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު