ސިނަމާލެއާއި، މާލެހިޔާ ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށްދޭން މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުން ސިނަމާލެއާއި މާލެހިޔާ ފްލެޓުތަކުގެ ވެރިފަރާތްތަކަށް ހާއްސަ އިނާޔަތެއް ދިނުމަށް ނިންމިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިމަހުގެ 16ވަނަ ދުވަހު އެ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.
އެހެންކަމުން މިއަދު ބޭއްވި ކައުންސިލްގެ ޖަލްސާގައި ކައުންސިލްގެ ފައިނޭންސް ކޮންޓްރޯލަރުގެ ލަފާގެ މަތިން ފާސް ކޮށްފައިވަނީ، ސިނަމާލެއާއި، މާލެހިޔާ ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށްދިނުމަށެވެ. އަދި އެނިންމުން ކައުންސިލް ޖަލްސާގައި ފާސްކުރީ މާލިއްޔަތު ގަވާއިދުގައި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނުގެ ކުއްޔާއި ޖޫރިމަނާ މާފުކުރެވޭނީ ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކޮށްގެން ކަމަށް ބުނެފައިވާތީއެވެ.
ރައީސް ނިންމަވާފައިވަނީ އެކި ސަބަބުތަކާ ހުރެ ފްލެޓްތަކަށް ފައިސާ ނުދެއްކިގެން އަރާފައިވާ ހުރިހާ ޖޫރިމަނާއެއް އެއްކޮށް މާފުކޮށްދިނުމަށެވެ. މީގެ އިތުރުން، އެ އިމާރާތްތަކުގެ ސްޓްރަކްޗަރ ހަލާކުވެފައިވާތީ އާއި، އެކަމަށް އެކަށީގެންވާ ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާތީ، ކޮންމެ ފްލެޓަކަށް އެއްލައްކަ ރުފިޔާގެ އިނާޔަތެއް ދިނުމަށްވެސް ނިންމަވާފައިވެއެވެ.
ސަރުކާރުން މިހާރުވަނީ އިނާޔަތް ދިނުމުގައި އަމަލުކުރާނެ އުސޫލުތައްވެސް ހާމަކޮށްފައެވެ. އެގޮތުން ފްލެޓަށް ދައްކަންޖެހޭ ބާކީ ފައިސާ އެއްލައްކަ ރުފިޔާއަށް ވުރެ ގިނަ ނަމަ، އެ އަދަދުން އެއްލައްކަ ރުފިޔާ އުނިކޮށްދެވޭނެއެވެ. އަދި ދައްކަންޖެހޭ ފައިސާ އެއްލައްކަ ރުފިޔާއަށް ވުރެ މަދު ނަމަ، އެ ފައިސާ އެއްކޮށް ކަނޑާލުމަށްފަހު ބާކީވާ މިންވަރު ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެވޭނެއެވެ. ހަމައެއާއެކު ފްލެޓަށް ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް އެއްލައްކަ ރުފިޔާގެ އިނާޔަތް އެއްކޮށް ދިނުމަށް ވަނީ ނިންމަވާފައެވެ.
ކައުންސިލުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ ނިޔަލަށް އެ ފްލެޓްތަކުން ކުއްޔާއި މެއިންޓަނަސް ފީ އަދި ޖޫރިމަނާގެ ގޮތުގައި 25.9 މިލިއަން ރުފިޔާ ލިބިފައި ނުވެއެވެ. އޭގެ ތެރެއިން 86 ޕަސެންޓަކީ ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާ އެވެ. މީގެ ކުރިން މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވިއިރު ވެސް 860،445 ރުފިޔާގެ ޖޫރިމަނާ ވަނީ މާފުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު