ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި އިސްރާއީލާއި އެމެރިކާއިން އީރާނަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، އެ ގައުމުން ވަނީ މިއީ ހަނގުރާމައިގެ ފެށުން ކަމަށް ސިފަކޮށްފައެވެ.
އީރާނުގެ ވެރިރަށް ތެހެރާނާއި އެހެނިހެން މުހިންމު ސިޓީތަކަށް އަމާޒުކޮށް ދިން މި ހަމަލާތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ހިންގާ އުދުވާނެއްގެ ގޮތުގައި އީރާނުގެ އޮފިޝަލުން ވަނީ ސިފަކުރައްވާފައެވެ.
މި ނުރައްކާތެރި ދަނޑިވަޅުގައި އީރާނުން ވަނީ މުޅި އިސްލާމީ އުންމަތުގެ އެހީތެރިކަމަށް އެދި ގޮވާލާފައެވެ.
ވަކިން ހާއްސަކޮށް، މި ބަރަކާތްތެރި މަހުގެ ދުޢާތަކުގައި އީރާނަށާއި މުޅި އިސްލާމީ އުންމަތަށް ނަސްރާއި ކާމިޔާބީ ދެއްވުން އެދި ﷲ ގެ ހަޟްރަތުގައި ދުޢާ ދެންނެވުމަށް އީރާނުގެ ދީނީ އަދި ސިޔާސީ ލީޑަރުން ވަނީ އިލްތިމާސް ކުރައްވާފައެވެ. ރަމަޟާން މަހަކީ މުސްލިމުންގެ އެއްބައިވަންތަކަން ދައްކަންޖެހޭ މަހެއްކަން ފާހަގަކުރަމުން، ދުޝްމަނުންގެ ނުބައި ރޭވުންތަކުން ސަލާމަތްވުމަށް ދުޢާގެ ބާރު ބޭނުންކުރުމަށް ވަނީ ގޮވާލާފައެވެ.
މި ހަމަލާތަކަށް ދޭނެ ރައްދު ވަރަށް ވަރުގަދަވާނެ ކަމުގެ އިންޒާރު ދެމުން އީރާނުން ބުނެފައިވަނީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
އަދި މި ހަނގުރާމައިގައި އިސްލާމީ ގައުމުތަކުން އީރާނާއެކު ސާބިތުވެ ތިބުމަށާއި، އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލުމަށްވެސް ވަނީ އެދިފައެވެ. މި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ވަނީ ނުހަނު ބޮޑަށް ނުތަނަވަސްވެ، ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން ވަނީ އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު