އީރާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ މިނާބްގައި ހުންނަ އަންހެން ކުދިންގެ ފަށާ ތައުލީމުދޭ ސްކޫލަކަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި 108 ކުޑަކުދިން ޝަހީދުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އީރާނުގެ ނޫސް އެޖެންސީއެއް ކަމަށްވާ 'މީޒާން' އިން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާއަކީ ހޮނިހިރު ދުވަހުގެ ހެނދުނު އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނަށް ދޭން ފެށި ވަރުގަދަ ވައިގެ ހަމަލާތަކުގެ ތެރޭގައި ހިމެނޭ ހަމަލާއެކެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިނާބްގައި ހުންނަ 'ޝަޖަރޭ ތައްޔިބާ އައިއާރުޖީސީ ނޭވީ ގާލްސް ސްކޫލް' އަށެވެ. ރިޕޯޓްތައް ބުނާގޮތުން، މި ހަމަލާގައި ގިނަ އަދަދެއްގެ ކިޔަވާ ކުދިންނާއި މުވައްޒަފުން ވަނީ ޝަހީދުވެފައެވެ. އީރާނުގެ މީޑިއާތަކުން ބުނާގޮތުގައި، މިއީ އީރާނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި ތައުލީމީ މަރުކަޒުތަކަށް އަމާޒުކޮށްދެވުނު ވަރަށް ނުރައްކާތެރި ހަމަލާއެކެވެ.

މި ހަމަލާއާ ގުޅިގެން ސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާއިރު، މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށް ބެލެވެއެވެ. ސަބަބަކީ ހަމަލާގައި ސްކޫލުގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ ބަޔަކު އިމާރާތުގެ ދަށުގައި ތާށިވެފައިވުމެވެ.



ކިޔުންތެރިންގެ ހިޔާލު