ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް (ވީ.އައި.އޭ) ޖައްސަން އޮތް ގިނަ އަދަދެއްގެ ފްލައިޓުތަކެއް ކެންސަލްވެގެން ދިއުމަކީ، ބޭރުގެ ނުފޫޒުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ކިހާ އަވަސްކަން ހާމަކޮށްދޭ ކަމެއް ކަމަށް އިނަރ މޯލްޑިވްސްގެ ސީ.އީ.އޯ މުހައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިރާގް ވިދާޅުވީ، މިއަދުގެ ވަގުތެއްގައި ވެލާނާ އެއާޕޯޓަށް އައުމަށް ހަމަޖެހިފައިވާ 14 ފްލައިޓެއް ކެންސަލް ކުރެވޭނެ ކަމަށެވެ. މިއީ މިހާރުގެ ޙާލަތު އޮތް ނާޒުކު މިންވަރާއި، ބޭރުގެ އެކި ނުފޫޒުތަކުގެ ސަބަބުން ރާއްޖޭގެ ދަތުރުފަތުރާއި އިޤްތިޞާދަށް ކުރާ އަސަރު ކިހާ އަވަސްކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމަކަށް ވީހިނދު، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަކީ ކާރިސާތަކުން އަރައިގަނެވޭނެ ފަދަ، އަދި ކުއްލި ޙާލަތްތަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ މަޝްރޫޢުތަކެއްކަން ކަށަވަރުކުރަންޖެހޭ ކަމަށް ފިރާގް ވިދާޅުވިއެވެ. އަދި މިފަދަ ޙާލަތްތަކަކީ ހަމައެކަނި ވަގުތީ ކަމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ ޤައުމުގެ ދިގު މުއްދަތުގެ އިސްތިރާތީޖީ ވިސްނުމުގެ ބައެއްގެ ގޮތުގައި ހިމަނަންޖެހޭ ކަންކަން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފިރާގް ވިދާޅުވީ، މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ދައުލަތުގެ މުއައްސަސާތަކާއި، ސިނާޢީ ބައިވެރިންނާއި، އަމިއްލަ ވިޔަފާރިތަކުގެ އިތުރުން ޢާންމު ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ބޭނުންވާ ކަމަށެވެ. އަދި މިފަދަ ނާޒުކު ދަނޑިވަޅުތަކުގައި ތެދުވެރިކަމާއެކު މަޢުލޫމާތު ބަދަލުކުރުމާއި، ފަންނީ ގޮތުން މަސައްކަތްތައް ވިލަރެސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް ފިރާގް ވިދާޅުވިއެވެ.
ފިރާގް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިޤްތިޞާދު ރައްކާތެރިކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ މަޤްބޫލުކަން ދެމެހެއްޓޭނީ ދެފުށް ފެންނަ ސިޔާސަތުތަކާއި، ޒިންމާދާރުކަމާއި، އަދި އެންމެހައި ފަރާތްތަކުގެ އެއްބައިވަންތަކަމުގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު