މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ހިފަހައްޓައި އިގްތިސާދީ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާނެ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައިނަލްއަގުވާމީ މައިދާނުގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހާލަތަށް އަތުވެދާނެ ބަދަލުތައް އެ ވުޒާރާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން، މި ހާލަތުގެ ސަބަބުން ކުރިމަތިވެދާނެ ހިރާސްތަކަށް ތައްޔާރުވުމަށާއި، އަވަސް ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރަމުންދާނެ ކަމުގެ ޔަޤީންކަން އެ ވުޒާރާއިން ވަނީ ދީފައެވެ.
ރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާން މެދުވެރިކޮށް ކަމަށްވުމާއެކު، ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަތުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރެވެމުން ކަމަށް މާލީ ވުޒާރާގެ ބަޔާނުގައިވެއެވެ. މިގޮތުން، ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާ ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށް މާލީ ވުޒާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް މި ހަމަނުޖެހުންތަކުގެ ސަބަބުން ކޮށްފާނެ އަސަރުތައް ވެސް ދަނީ ދިރާސާކުރަމުންނެވެ. ޚާއްޞަކޮށް ފަތުރުވެރިން އަންނަ މިންވަރަށާއި ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް އަންނަ ބަދަލުތަކަށް ބަލައި، ރާއްޖޭގެ މެކްރޯ-އިކޮނޮމިކް ހަމަޖެހުން ދެމެހެއްޓުމަށްޓަކައި މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވަނީ ރޭވިފައެވެ.
އޭގެއިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ތަފާސްހިސާބުތަކާ ހަވާލާދީ މާލީ ވުޒާރާއިން ބުނެފައިވަނީ، ރާއްޖޭގެ ރިޒާވް މިވަގުތު ހުރީ އެކަށީގެންވާ މަތީ މިންވަރެއްގައި ކަމަށެވެ. މިއީ ބޭރު ދުނިޔެއިން ކުރިމަތިވާ އިގްތިސާދީ ލޮޅުންތަކުން އަރައިގަތުމަށާއި، އަސާސީ މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ސަރުކާރަށް ލިބޭ ބޮޑު ބާރެއްކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކޮށް ބެލެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމެއްކަން ފާހަގަކުރަމުން، މާލީ ވުޒާރާއިން ވަނީ މި ދަނޑިވަޅުގައި ގައުމުގެ އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު