މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު (މަޓޭ) ހިމެނޭ ގޮތަށް 8 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، މި މައްސަލައިގައި ދައުވާކޮށް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. މި މީހުންގެ މައްޗަށް ކުރަނީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވާ 8 މީހުންނަކީ، މަޢުރޫފް ޒާކިރު (ކެންދޫ ދާއިރާގެ މެންބަރު)، އަބްދުއްސަލާމް، މުހައްމަދު ހަމާއިދު އަބްދުލްޣަނީ، އަލީ ނައުފަލް، އާއިޝަތު ނަޖުދާ އަލީ، އަލީ މުއައްވަޒް، ފާތިމަތު ޒަހިއްޔާ އަދި ހުސައިން ރަޝީދެވެ.
ޕީޖީ އޮފީހުން ބުނީ، މި މީހުންނަކީ 2024 އޮކްޓޫބަރު 3 ވަނަ ދުވަހުގެ ރޭ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި މަގުތަކަށް އެއްވެ، އަޑުގަދަކޮށް މުޒާހަރާކުރި މީހުން ކަމަށެވެ. އަދި އާންމު ދަތުރުފަތުރަށާއި ވިޔަފާރިތަކަށް ދަތިވާނެހެން އަމަލުކޮށް، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.
މި މައްސަލާގައި އިތުރު 7 މީހަކަށް ތުހުމަތު ކުރެވުނު ނަމަވެސް، އެ މީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައި ނުވުމާއި، ދައުވާކުރުމުގެ އާންމު މަސްލަހަތު ނެތުމުން އެ މީހުންގެ ބައި ވަނީ ފުލުހުންނަށް އަނބުރާ ފޮނުވާލާފައެވެ. ޕީޖީ އޮފީހުގެ އުސޫލަކީ މުޒާހަރާތަކާ ގުޅިގެން ދައުވާކުރުމުގައި، މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ހެކި ހުރިނަމަ ނުވަތަ އެފަދަ ހާލަތެއް ކުރިމަތިކުރުވާފައިވާނަމަ ދައުވާ ކުރުމެވެ.
ގިނަ ބަޔަކު ބައިވެރިވި ލޫޓުވައިލި މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ޕެޕަރ ސްޕްރޭގެ އިތުރުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް 'ލޯންގް ރޭންޖް އެކޮއިސްޓިކް ޑިވައިސް' (އެލް.އާރް.އޭ.ޑީ) ނުވަތަ ތޫނު އަޑު ފޮނުވާ އާލާތް ބޭނުންކޮށްފައެވެ. މި އާލާތް ބޭނުންކުރުމުގެ ސަބަބުން ބައިވެރިންގެ އިވުމުގެ ހިއްސަށް އަސަރުކޮށް، ބޯއަނބުރައި، ހޮޑުލަވައި ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވި ކަމަށް ބުނެ އެމްޑީޕީން ވަނީ އޭރު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު