ވަކި ޝަރުތުތަކެއް ފުރިހަމަވާ ވިޔަފާރިތަކަށް ބިދޭސީން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ އިސްތިސްނާ ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދިނުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް އެވެ.
މިހާރު އަމަލުކުރަމުންދާ ވަޒީފާއާ ބެހޭ ގާނޫނު އޮންނަ ގޮތުން، ރާއްޖެއަށް ބިދޭސީން ގެނައުމަށް ކޯޓާ ހޯދާއިރު ކޮންމެ ބިދޭސީއަކަށް އަހަރަކު 2،000 ރުފިޔާގެ ފީއެއް ވަޒީފާ ދޭ ފަރާތުން ދައްކަން ޖެހެއެވެ. ނަމަވެސް މިއަދު ފާސްކުރި އިސްލާހާއެކު، ވަކި ހާއްސަ ކަންކަމަށް ރިއާޔަތްކޮށް، ވަކި ވިޔަފާރިއަކަށް ނިސްބަތްވާ ފަރާތްތަކުން މި ފީ ދެއްކުން އިސްތިސްނާ ކުރުމަށް ނުވަތަ މައާފް ކުރުމަށް ނިންމުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންވެއެވެ.
މިގޮތަށް ފީ މައާފު ކޮށްދިނުމުގައި ވަޒީރުންގެ މަޖިލީހުން މައިގަނޑު ހަތަރު ކަމަކަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އޭގެ ތެރޭގައި އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކުރުމާއި، އެފަދަ ވިޔަފާރިތަކުގައި ދިގު މުއްދަތުގެ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި، ކުދި ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކާ ދެމެދު އޮތް ފަރަގު ކުޑަކުރުމާއި، ވާދަވެރިކަން އުފައްދައި އާ އުފެއްދުންތަކާއި ޚިދުމަތްތައް ތައާރަފްކުރުމަށް ހިތްވަރު ދިނުން ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

ކިޔުންތެރިންގެ ހިޔާލު