ރާއްޖޭން ބޭރުގައި ގާއިމުކޮށްފައިވާ ހައިކޮމިޝަންތަކަށާއި އެމްބަސީތަކަށް ސަރުކާރުން ކޮންމެ މަހަކު 54 މިލިއަން ރުފިޔާ ޚަރަދުކުރާއިރު، އެ ކުރާ ޚަރަދާ ގާތަށް ވެސް އެ ތަންތަނުން މަސައްކަތް ނުކުރާ ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޒިޔާދު ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިގެން ޚަރަދު ކުޑަކުރާ ވާހަކަ ސަރުކާރުން ދައްކާއިރު، އެމްބަސީތަކަށް މަހަކު 54 މިލިއަން ރުފިޔާ އިސްރާފުވަމުންދާ ކަމަށެވެ.
ޒިޔާދު ވިދާޅުވީ، ގައުމުތަކަށް ސަފީރުންގެ ގޮތުގައި އައްޔަންކުރަނީ ގާބިލު ބޭފުޅުން ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ ބޭފުޅުންގެ ފަރާތުން ފެންނަ ނަތީޖާ ދަށް ކަމަށެވެ.
"2025 ވަނަ އަހަރު އަޅުގަނޑުމެން ބަޖެޓުގައި ޖެހީ ބޭރުން ދެ ބިލިއަން ލިބޭނެ ކަމަށް އާމްދަނީގެ ގޮތުގައި. އަޅުގަނޑުމެންނަށް އަހަރު ނިމުނުއިރު ލިބުނީ 50 މިލިއަން. މި އެމްބަސީތަކުގަ ތިބޭ ބޭފުޅުން ހަގީގަތުގައިވެސް މަސައްކަތެއް ނުކުރޭ އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން މިކުރާ ޚަރަދާ ގާތަށްވެސް މަސައްކަތެއް ނުކުރޭ." ފިއްޓޭ ވިދާޅުވިއެވެ.
މީގެ އިތުރުން ޒިޔާދު ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން މިހާތަނަށް އެންމެ ގިނައިން ކުރި މަސައްކަތަކީ ސަފީރުން އައްޔަންކުރުން ކަމަށާއި، އިންތިޚާބުތައް އެއްކޮށްލުމުގެ ބަދަލުގައި އެމްބަސީތަކަށް ކުރާ ބޮޑު ޚަރަދު ކުޑަކުރުން މާ މުހިންމު ކަމަށެވެ.
ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ނިޔަލަށް އެމްބަސީތަކަށް މަހަކު 54 މިލިއަން ރުފިޔާ ވަނީ ޚަރަދުވެއެވެ. މީގެ ތެރެއިން މުވައްޒަފުންގެ އަސާސީ މުސާރައަށް އެކަނިވެސް 2.35 މިލިއަން ރުފިޔާ ހޭދަވާއިރު، ސިޔާސީ 82 މުވައްޒަފުންގެ މުސާރައަށް މަހަކު 1.85 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.
އަސާސީ މުސާރަ އެންމެ ބޮޑު ސަފީރުންގެ ތެރޭގައި ޔޫއޭއީގެ ސަފީރު މުޙައްމަދު ޙުސައިން ޝަރީފާއި، އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރު އިރުތިޝާމް އާދަމާއި، ޗައިނާގެ ސަފީރު ޑރ. ފަޒީލް ނަޖީބުގެ އިތުރުން ޖަޕާނުގެ ސަފީރު އަހުމަދު މަޚްލޫފް ހިމެނެއެވެ. މި ބޭފުޅުންގެ އަސާސީ މުސާރައަކީ 42،500 ރުފިޔާއެވެ.
މުސާރައިގެ އިތުރުން، ބޭރު ގައުމުތަކުގައި އުޅޭ މުވައްޒަފުންނަށް ލިވިން އެލަވަންސް، އާއިލީ އެލަވަންސް އަދި ކުދިންގެ ތައުލީމީ ޚަރަދު ސަރުކާރުން ހަމަޖައްސައިދެއެވެ. މިގޮތުން ޖަޕާނާއި ސްވިޒަލޭންޑް ފަދަ ޚަރަދު ބޮޑު ގައުމުތަކުގައި ތިއްބަވާ ސަފީރުންނަށް ލިވިން އެލަވަންސްގެ ގޮތުގައި އެކަނިވެސް މަހަކު 52،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު