ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ދައުލަތުގެ ތިން ބާރު އެކެއްގެ މުށުތެރެއަށް ޖަމާކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ކުރީގެ އިސް ބޭފުޅެއް ކަމަށްވާ އައިމަން ރަޝީދު އިއްޔެ ވިދާޅުވެއްޖެއެވެ.
"ދެ އިންތިހާބު އެއްކުރަން ނުފެނޭ" މި ނަމުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިމަން ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލަން އުޅެނީ ތިން ބާރު ވަކިވެފައި އޮތުމުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ ބާރާއި، ފަނޑިޔާރުގޭގެ ބާރުގެ އިތުރުން ސަރުކާރު ހިންގުމުގެ ބާރުވެސް އެކެއްގެ ބާރުގެ ދަށަށް ގެންދިއުމަށް ކަމަށެވެ.
"މި ކުރެވޭ ކަމަކީ ހުރިހާ ބާރުތަކެއް އެކެއްގެ މުށުތެރެއަށް ޖަމާވުމުގެ ކަންކަން ފެށިގެން މިދަނީ. އެ ތަރުތީބު ފެނިގެން މިދަނީ. ހަމަ އެއާ އެއްކޮށް ތިން ބާރު ވަކިވެފައި އޮތުމުގެ ބަދަލުގައި ދެން ވަކިވެގެންދާނީ އެންމެ ބާރަކަށް. ރައްޔިތުންގެ މަޖިލީހުގެ ބާރާއި ފަނޑިޔާރުގޭގެ ބާރާއި އަދި ސަރުކާރު ހިންގުމުގެ ބާރުވެސް އެއް މީހެއްގެ މި ބަދަލުވެގެން މިދަނީ." އައިމަން ވިދާޅުވިއެވެ.
ހަމައެއާއެކު އައިމަން ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމުން ރައްޔިތުންގެ ބާރު މުޅިން ކެނޑިގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރައްޔިތުން ކަންކަމުގައި ބައިވެރިވުމާއި، ހިޔާލުފާޅުކުރުމުގެ ފުރުސަތުތައް ހަނިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެއިތުރުން ސަރުކާރު ހިންގަން ހުންނަ މީހަކާއި ތަފާތު ފިކުރެއް ނުވަތަ ތަފާތު ވިސްނުމެއް ދައުލަތުގެ ތެރޭގައި ގެންގުޅުމަކީ މީގެ ސަބަބުން ވަރަށް އުނދަގޫ ކަމަކަށް ވެގެންދާނެ ކަމަށް އައިމަން ވިދާޅުވެފައިވެއެވެ. އަދި ގާނޫނުއަސާސީގެ ފަރުމާ އޮތީ ރައްޔިތުން ކަންކަމުގައި ބައިވެރިވެ ހިޔާލުފާޅުކުރެވޭ ގޮތަށް ކަމަށްވީ ނަމަވެސް، މި ބަދަލާއެކު އެ ނިޒާމު މުޅިން އޮޅުންބޮޅުންވެ، "ހާއްސަ އިރުޝާދުގެ ދަށުން" ހިނގާ ނިޒާމަކަށް ބަދަލުވެގެންދާނެ ކަމުގެ އިންޒާރު އައިމަން ވަނީ ރައްޔިތުންނަށް ދީފައެވެ.
މިކަމުގެ ނުރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މިއީ ހަމައެކަނި ދެ އިންތިހާބު އެއްކުރުމާ މެދު ނަގާ ވޯޓެއް ނޫން ކަމަށާއި، މިއީ ބާރުތައް މަރުކަޒުކޮށް އެންމެ މީހެއްގެ ބާރުގެ ދަށަށް ހުރިހާ ކަމެއް ދޫކޮށްލަން އެއްބަސްވުމާ ގުޅޭގޮތުން ނަގާ ވޯޓެއް ކަމަށެވެ. ހަމައެހެންމެ ޙަގީގީ ސުވާލަކީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ސުވާލެއް ނޫން ކަމަށާއި، އެއަށްވުރެ ބޮޑަށް މިއީ މުސްތަގުބަލުގައި ގައުމުގެ ކަންކަން ބައްޓަންކުރާނެ ގޮތާ މެދު އޮތް ސުވާލެއް ކަމަށް އައިމަން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
އައިމަން މިހެން ވިދާޅުވެފައިވާއިރު، އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ރެފަރެންޑަމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ގޮތެއް ނިންމުމަށް ނަގާ ވޯޓެކެވެ. މި ވޯޓުގައި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުން ފާސްކޮށްފިނަމަ، މަޖިލީހުގެ އުމުރުން ހަ މަސްދުވަސް މަދުވާނެއެވެ. ސަރުކާރުން މިހާރު ދަނީ ދެ އިންތިހާބު އެކުގައި ބޭއްވުމަށް ބާރުއަޅައި ކެމްޕޭން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު