ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައިވީ ނަމަވެސް، އާންމުންނަށް ބޭނުންވާ މުހިންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ހިދުމަތް ދޭނެ ގަޑިތަކާއި އުސޫލުތައް އިއުލާންކޮށްފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، "އިމުގަ" ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 24 ގަޑިއިރު ލިބޭނެއެވެ. ނަމަވެސް މާލެ އަދި ހުޅުމާލޭގެ އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓު ދޫކުރުމަށްޓަކައި "ކިއުބީ" އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ދޫކުރާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:15 އިން މެންދުރު 13:00 އަށެވެ. ހުކުރު ދުވަހު ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:15 އިން 11:00 އަށެވެ. އައްޑޫ ސިޓީގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ކޮންމެ ދުވަހަކު ހެނދުނު 9:15 އިން މެންދުރު 12:00 އަށް ކުރިއަށްދާނެއެވެ.
އަތޮޅުތަކުގެ އެހެން ސިޓީތަކާއި ރަށްތަކުގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ކުރިއަށްދާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް، ވަކި ހާއްސަ ދުވަސްތަކެއްގައެވެ.
އެގޮތުން ކުޅުދުއްފުށި ސިޓީގައި މާރިޗު 9، 10، 15، 16 އަދި 17 ގައި ހިދުމަތް ދޭއިރު، ފުވައްމުލަކު ސިޓީގައި މާރިޗު 10، 15 އަދި 17 ގައި ހިދުމަތް ލިބޭނެއެވެ. ތިނަދޫ ސިޓީގައި މާރިޗު 9، 12 އަދި 19 ގައި، ހއ. ދިއްދޫގައި މާރިޗު 9، 11 އަދި 18 ގައި، ލ. ފޮނަދޫގައި މާރިޗު 10، 12 އަދި 17 ގައި، އަދި ދ. ކުޑަހުވަދޫގައި މާރިޗު 10، 15 އަދި 17 ގައެވެ. މީގެ އިތުރުން ށ. ފުނަދޫ އަދި ބ. އޭދަފުށީގައި ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވަނީ މާރިޗު 9 ވަނަ ދުވަހުއެވެ.
ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ނުވަތަ އެމެޖެންސީކޮށް ޕާސްޕޯޓުގެ ހިދުމަތް ބޭނުންވާ ފަރާތްތަކުން 9555333 އަށް ގުޅުމުން އެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ވިސާގެ ހިދުމަތްތަކަށް ބަލާއިރު، އިމުގަ ޕޯޓަލް މެދުވެރިކޮށް އީ-ވިސާ އަށް އެދި ހުށަހެޅޭނެއެވެ. މާލޭގައި ހުންނަ އިމިގްރޭޝަންގެ މައި އޮފީސް (ސްޓާ ކްލައުޑް، 8 ވަނަ ފަންގިފިލާ) ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 13:00 އަށް ހުޅުވާފައި ހުންނާނެއެވެ. އަދި އިމިގްރޭޝަން އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ހިދުމަތްތައް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް ލިބޭނެއެވެ.
ކަނޑު ދަތުރުފަތުރުގެ ހިދުމަތްތަކާ ގުޅޭ ސީޕޯޓްގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ.
އެގޮތުން ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ފަތިހު 5:00 އިން މެންދުރު 12:00 އަށް، މެން
ދުރުފަހު 13:00 އިން ހަވީރު 17:30 އަށް، އަދި ރޭގަނޑު 20:00 އިން ފަތިހު 4:00 އަށް ހިދުމަތް ދޭނެއެވެ. ހުކުރު ދުވަހު މި ހިދުމަތް ދޭނީ މެންދުރުފަހު 14:30 އިން 17:30 އަށް، ރޭގަނޑު 20:00 އިން ފަތިހު 4:00 އަށް، އަދި ފަތިހު 5:30 އިން ހެނދުނު 8:00 އަށެވެ.
އަތޮޅުތަކުގެ ސީޕޯޓުތައް ކަމަށްވާ ކުޅުދުއްފުށި، އުލިގަން އަދި ހިތަދޫ އިން މި މުއްދަތުގައި ހިދުމަތް ލިބޭނީ ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު