ރޯދަމަހުގެ ފުރަތަމަ ހަފްތާގައި ބާޒާރުގައި މަހުގެ ބާވަތްތަކުގެ އަގު ކުޑަކޮށް އުފުލިގެން ދިޔަ ނަމަވެސް، ރޯދަމަހުގެ ފަހު ދިހައަކަށް ދިޔައިރު މަހުގެ ބާވަތްތަކުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓި، ކަނޑުމަހުގެ ބާވަތްތަކުގެ އަގު ކުރިއަށްވުރެ ބޮޑުތަނުން ހެޔޮވެއްޖެއެވެ.
މަސްމާރުކޭޓުގެ އަގުތަކަށް ބަލާއިރު، މިހާރު ކަނޑުމަސް ކިލޯއެއް ލިބެން ހުރީ 20 ރުފިޔާއަށެވެ. ކަންނެލި ކިލޯއެއް 20 އާއި 30 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ހުރިއިރު، ލައްޓިއެއް ލިބެން ހުރީ 20 ރުފިޔާއަށެވެ. މާނިޔަ މަހެއް 50 ރުފިޔާއަށް ލިބޭއިރު، ހަންޖެއްގެ އަގު ހުރީ 210 އާއި 220 ރުފިޔާއާ ދެމެދުގައެވެ. ފަރުމަހުގެ ބާވަތްތަކަށް ބަލާއިރު، ރަތްމަސް ކިލޯއެއްގެ އަގު ހުރީ 110 ރުފިޔާއަށެވެ. މީގެ އިތުރުން މުށިމަސް ހަތަރު މަސް 15 ރުފިޔާއަށް އަދި ދޮންމަސް ހަތަރު މަސް 20 އާއި 25 ރުފިޔާއާ ދެމެދުގެ އަގަކަށް ލިބެން އެބަހުއްޓެވެ.
މަހުގެ އިތުރުން ބާޒާރުގައި ވިއްކާ އެހެނިހެން ބައެއް ތަކެތީގެ އަގުވެސް މިދިޔަ ހަފްތާއާ އަޅާބަލާއިރު ވަނީ ކޮންމެވެސް ވަރަކަށް ހެޔޮވެފައެވެ. އެގޮތުން، އާންމުކޮށް އަގު ބޮޑުކޮށް ހުންނަ ކަނޑޫދޫ މިރުހުގެ 100 ގްރާމް 60 ރުފިޔާއަށް އެރުމަށްފަހު، މިހާރު 40 އާއި 45 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ލިބެން އެބަހުއްޓެވެ.
މޭވާ އާއި ތަރުކާރީގެ އަގުތަކަށް ބަލާއިރު، ބާޒާރުގައި ކުރުނބާއެއް 40 އާއި 50 ރުފިޔާއާ ދެމެދު ހުރިއިރު، ކުރުނބާ ފުޅިއެއް ލިބެން ހުރީ 150 ރުފިޔާއަށެވެ. ކޮޕީފަތް ބޮނޑިއެއް 10 ރުފިޔާއަށް ލިބޭއިރު، ލެޓިއުސް ކިލޯއެއްގެ އަގު ހުރީ 60 ރުފިޔާގައެވެ.
ނަމަވެސް، ރޯދަމަހު އާންމުކޮށް އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތް ކަމަށްވާ ކަރާގެ އަގު ވަނީ އުފުލިފައެވެ. ރޯދަމަސް ފެށުނުއިރު ކަރާ ކިލޯއެއް 20 ރުފިޔާއަށް ލިބުނު ނަމަވެސް، ފަހުން 25 ރުފިޔާއަށް އަގު އުފުލި، މިހާރު ކަރާ ކިލޯއެއްގެ އަގު ވަނީ 35 ރުފިޔާއަށް އަރާފައެވެ. މިއީ މި ރޯދަމަހު ކަރާގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
ބާޒާރުގެ އަގުތަކަށް އަންނަ މި ބަދަލުތަކަކީ ތަކެތި ލިބޭ މިންވަރަށް ބިނާވެގެން އަންނަ ބަދަލުތަކެއް ކަމަށް ވިޔަފާރިވެރިން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު