މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސްއިން މިއަދު ހުޅުވާލައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ސަރވިސްއަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫޙާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި މުހިންމު މަޝްރޫޢެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މަސައްކަތަށް އަހުލުވެރި، އަޚްލާޤު ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމެވެ.
ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އެޕްރީލް 5 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ކަމަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ، ފުރިހަމަ ޞިއްޙަތެއްގައި ހުރި ފަރާތްތަކަށެވެ.
މި ބުރުގެ ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ މެއި މަހުގެ ފަހު ހަފުތާގައެވެ. ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައެވެ. މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ޚިދުމަތަށް އެންރޯލްކުރާ ދުވަހުން ފެށިގެން އެލަވަންސެއް ދިނުމުގެ އިތުރުން، ތަމްރީނު ފުރިހަމަކުރުމުން ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެވޭނެއެވެ.
ނޭޝަނަލް ސަރވިސްގެ 3 ވަނަ ބުރަށް ހުޅުވާލާފައިވާއިރު، ފުރަތަމަ ބުރުން ދަސްވެނިވި 171 ކުދިން އެމްއެންޑީއެފަށް، 7 ކުދިން އެމްއެންޑީއެފް އޮގްޒިލަރީ ފަޔަމަނަށް، 32 ކުދިން އޭވިއޭޝަން އެންޑް ޕޯޓް ސެކިޔުރިޓީ ކޮމާންޑަށް، 23 ކުދިން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް، 5 ކުދިން މޯލްޑިވްސް އިމިގްރޭޝަނަށް، 3 ކުދިންނަށް އެމްއޭސީއެލުން މިހާރު ވަނީ ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފައެވެ. އޭގެ އިތުރުން 38 ކުދިން ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރުމަށް ވަނީ ރިލީޒްކޮށްފައެވެ.
މި ތަމްރީނުތަކުގައި ދިވެހި ޤައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދީނީ ތަޢުލީމު، ލީޑަރޝިޕް އަދި ބަހުގެ ހުނަރުތައް އުނގަންނައި ދެވޭނެއެވެ. މީގެ އިތުރުން ކަސްރަތާއި، ހެވިކަމުގެ ތަމްރީނާއި، ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސް ފަދަ މުހިންމު ހުނަރުތައް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު