އީރާނުން ސަރަޙައްދީ ހަކަތައާ ބެހޭ އުމުރާނީ ވަސީލަތްތަކަށް ދެމުންދާ ހަމަލާތައް އިތުރުކުރުމާ ގުޅިގެން، މުޅި ގަލްފު ސަރަޙައްދުގައި ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
ފާއިތުވި މަދު ގަޑިއިރުތަކުގެ ތެރޭގައި ބަހްރައިންގެ ތެޔޮ ރައްކާކުރާ ޓޭންކުތަކަކަށް ހަމަލާއެއް ދީފައިވާއިރު، މިދިޔަ ބުދަ ދުވަހު އޮމާންގެ ބަނދަރުމަތީ ރަށެއް ކަމަށްވާ ސަލާލާގައި ހުރި ތެޔޮ ޓޭންކުތަކަކަށް ޑްރޯން ހަމަލާތަކެއް ވަނީ އަމާޒުވެފައެވެ. މީގެ އިތުރުން، ހަމަ އެދުވަހު ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް ވެސް އީރާނުން ވަނީ ހަމަލާދީފައެވެ. މި ހާދިސާގައި ތިން ފަޅުވެރިއަކު ގެއްލިފައިވާއިރު، އޮމާންގެ ކޯސްޓްގާޑުން ވަނީ 20 ފަޅުވެރިއަކު ސަލާމަތްކޮށްފައެވެ.
މި ހާދިސާ ހިނގި ވަގުތަކީ ވަރަށް ބޮޑަށް ފާހަގަކޮށްލަންޖެހޭ ވަގުތެކެވެ. އެއީ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރަށް ހަމަލާ ނުދިނުމަށާއި، ކަނޑުގެ ސަރަޙައްދުގައި މައިން (ގޮވާތަކެތި) ނުވަޅަން ރައީސް ޓްރަމްޕް އީރާނަށް އިންޒާރު ދެއްވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.
އީރާނުން ހާމަކުރި ގޮތުގައި، ތައިލެންޑުގެ ދިދަ ޖަހާފައިވާ އެ ބޯޓަށް ހަމަލާދިނީ އީރާނުގެ އެންގުންތަކަށް އެ ބޯޓުން ބޯނުލެނބުމުންނެވެ. އީރާނުން ބުނަމުންދަނީ އެ ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ ބޯޓުފަހަރަކުން ވެސް އެ ގައުމުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށެވެ. އަދި އެމެރިކާއާއި އެ ގައުމުގެ ބައިވެރިންނަށް އެ ހަނި ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އީރާނުން ވަނީ އިންޒާރު ދީފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރާ ތެލުގެ 20 އިންސައްތަ އުފުލަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު