މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށާއި، އެފަދަ ކަންކަމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ސަރުކާރުން ހަރުކަށިކަމާއެކު ދެކޮޅު ހަދަމުންދާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އެންމެ އިސް އަމާޒަކީ ރާއްޖޭގެ ސިޔާދަތާއި، އަމާންކަމާއި، އިގްތިސާދީ ހަމަޖެހުން ހިމާޔަތްކުރުން ކަމަށެވެ.
އަދި ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން، ރާއްޖޭގެ ސަރަހައްދު އެހެން ގައުމަކަށް ހަމަލާ ދިނުމަށް ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ހާލަތެއްގައި ނުދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ޑރ. ޚަލީލް ވިދާޅުވީ، "ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ގައުމަކަށް، ހަމަލާދިނުމަށް ބޭނުންކުރެވިފައި ނުވާނެ. އަދި އެފަދައިން އަންނަ ރިކުއެސްޓުތައް ވެސް އަޅުގަނޑުމެން ރިޖެކްޓު ކުރަމުންދާކަން ތިބޭފުޅުންނަށް ދަންނަވާލަން." ޑރ. ޚަލީލް ވިދާޅުވިއެވެ.
މިނިސްޓަރު ޚަލީލް ވިދާޅުވީ ހަނގުރާމަ ހިނގަމުންދާ ސަރަހައްދުގައި ތިބި ދިވެހި ރައްޔިތުންގެ ހާލަތު ގާތުން ބަލަމުން ދިއުމާއި، ރާއްޖޭގެ އިގްތިސާދުގެ މުހިންމު ދާއިރާތަކަށް ދިމާވެދާނެ ގޮންޖެހުންތައް ދިރާސާކޮށް ކައިރިން ބަލަމުންދާ ކަަމަށެވެ. އަދި މި ދިރާސާތަކުގެ މައްޗަށް ބިނާކޮށް އަޅަން ޖެހޭ ފިޔަވަޅުތަކާއި، ކުރަން ޖެހޭ މަސައްކަތްތައް ދިވެހި ސަރުކާރުން ފަށާފައިވާ ކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މެދުއިރުމައްޗާއި، ގަލްފުގައި ދެމުންދާ ހަމަލާތަކާއި، ރައްދުގައި ދެމުންދާ ހަމަލާތަކުގެ ސަބަބުން އިމްޕޯޓަށް ބަރޯސާވާ، ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވެދާނެ އިގްތިސާދީ އަދި ސަލާމަތީ ގޮންޖެހުންތައް މި ކޮމެޓީން މި ދަނީ ވަރަށް ގާތުން ބަލަމުން." ފޮރިން މިނިސްޓަރ ޑރ. ޚަލީލް ވިދާޅުވިއެވެ.
ޑރ. ޚަލީލް މިހެން ވިދާޅުވެފައިވާއިރު އީރާން ހަނގުރާމެ ފެށުނު ފަހުން އެމެރިކާގެ ވައިގެ ސިފައިންގެ 'ލޮކްހީޑް C-130 ހަރކިއުލިސް' މަރުކާގެ އަސްކަރީ މަތިންދާބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ކަމަށް ރާއްޖޭގެ މީޑިއާތަކުގައި މީގެ ކުރިން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި ހަނގުރާމައިގެ ތެރޭގައި ދިވެހި ޕައިލެޓެއްގެ ޢާއިލާއަށް ބޭނުންވާ އެހީތެރިކަން ނުލިބުނު މައްސަލަވެސް މީޑިއާގައި ފެންމަތިވިއެވެ.

ކިޔުންތެރިންގެ ހިޔާލު