ހޮރުމޫޒް ކަނޑުއޮޅި ބަންދުކުރުމަކީ ބާރެއްގެ ގޮތުގައި ބޭނުންކުރަންޖެހޭ ކަމެއް ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
އެންމެ މަތީ ވެރިޔާ އާޔަތުﷲ މުޖުތަބާ ޚާމަނާއީ ބުރާސްފަތި ދުވަހު ވިދާޅުވީ، ހޮރުމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ބާރު ބޭނުންކުރަންޖެހޭ ކަމަށާއި، ގަލްފުގެ އަވަށްޓެރި ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ކުރިއަށްދާނެ ކަމަށެވެ.
އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ދެއްވި ފުރަތަމަ ބަޔާން ދައުލަތުގެ ޓީވީން އިއްވީ ޚަބަރު ކިޔުންތެރިއެކެވެ. މި ބަޔާން އިއްވިއިރު ޚާމަނާއީ ފެނިފައެއް ނުވެއެވެ. އިޒްރޭލުން އަންދާޒާކުރާ ގޮތުގައި، ހަނގުރާމައިގެ ކުރީކޮޅު ދިން ހަމަލާތަކެއްގައި އޭނާއަށް ވަނީ އަނިޔާވެފައެވެ.
ފާރިސް ކަނޑުއޮޅީގެ އުޅަނދުފަހަރަށާއި ހަކަތަ އުފައްދާ ވަސީލަތްތަކަށް އީރާނުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކާ ގުޅިގެން، ބުރާސްފަތި ދުވަހު ތެލުގެ އަގު ފީފާއަކަށް 100 ޑޮލަރަށްވުރެ މައްޗަށް ވަނީ އުފުލިފައެވެ. ހަމައެއާއެކު، އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ވަރުގަދަ ހަމަލާތަކަށް ނިމުމެއް އަންނާނެ ކަމުގެ އެއްވެސް ނިޝާނެއް އަދި ފެންނާކަށް ނެތެވެ.
އީރާނުން މަސައްކަތް ކުރަމުންދަނީ ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއްދީ، އެމެރިކާއާއި އިޒްރޭލަށް ފިއްތުންތައް ކުރިމަތިކުރުވައި، ފެބްރުއަރީ 28 ގައި ފެށި ހަމަލާތައް ހުއްޓުވުމަށެވެ. އީރާނުގެ ރައީސް ވިދާޅުވީ، އީރާނަށް ސަލާމަތީ ރައްކާތެރިކަން ކަށަވަރު ނުވަނީސް ހަމަލާތައް ހުއްޓާނުލާނެ ކަމަށެވެ. މީގެ މާނައަކީ ހަމަލާބަދަލުކުރުން ހުއްޓާލުމަކުން ނުވަތަ އެމެރިކާއިން ކާމިޔާބުލިބުނު ކަމަށް އިއުލާނުކުރުމަކުންވެސް މި ހަމަނުޖެހުން ނުނިމިދާނެ ކަމެވެ.
މިދަނޑިވަޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނު މުޅިން ހަލާކުވެފައިވާ ކަމަށް ދައުވާކުރައްވައި، މި މަސައްކަތް "ނިންމާލާނެ" ކަމަށް ވިދާޅުވެފައެވެ.
ހަމައެއާއެކު، އީރާނުގެ ތާއީދު އޮންނަ ހިޒްބުﷲ ޖަމާއަތުން ލުބުނާނުން އިޒްރޭލުގެ އުތުރަށް 200 އެއްހާ ރޮކެޓް ފޮނުވާލާފައިވާއިރު، އިޒްރޭލުގެ އެކި ސަރަހައްދުތަކުގައި ވަނީ ނުރައްކަލުގެ ރަނގަބީލުތައް ޖަހާފައެވެ. މީގެ އިތުރުން، އިޒްރޭލުން ތެހެރާނަށާއި ލުބުނާނަށް ދިން ހަމަލާތަކުގައި 11 މީހުން ވަނީ ޝަހީދުވެފައެވެ.
އދ. ގެ ރެފިއުޖީ އެޖެންސީން ބުނާ ގޮތުގައި، މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އީރާނުގެ 3.2 މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. މީގެ ތެރެއިން ގިނަ މީހުން ތެހެރާނާއި ބޮޑެތި ސިޓީތައް ދޫކޮށް ގޮސްފައިވަނީ ގައުމުގެ އުތުރަށާއި ރަށްފުށުގެ ސަރަހައްދުތަކަށެވެ. އަދި ލުބުނާނުންވެސް 759,000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް އެ އެޖެންސީން ރިޕޯޓްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު