ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ބާއްވާ ޚިޔާލު ހޯދުމުގެ ވޯޓު ހުއްޓުވުމަށް އެދި އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ތިން ފަހަރެއްގެ މަތިން އެ ކޯޓުން ރިޖެކްޓުކޮށްފި ކަމަށް އެ ޕާޓީން ބުނެފިއެވެ.
މި މައްސަލައާ ގުޅޭގޮތުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަދި ގާނޫނީ ވަކީލު އަހުމަދު މައުރޫފް މިއަދު ވިދާޅުވީ، ކޯޓުން ކޮންމެ ފަހަރަކު ވެސް މައްސަލަ ރިޖެކްޓުކުރަނީ ފަހަރަކު ކަމެއް އިސްލާހުކުރަން އަންގައިގެން ކަމަށާއި، މިއީ އާންމު އުސޫލާ ޚިލާފު ކަމެއް ކަމަށެވެ. ޕާޓީގެ އުންމީދަކީ ވީހާވެސް އަވަހަށް މައްސަލަ ބަލައިގަނެ، ވަގުތީ އަމުރެއް ނެރެދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ވަގުތީ އަމުރަކަށް އެދި އެމްޑީޕީން ސިވިލް ކޯޓަށް ފުރަތަމަ މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މައުރޫފް ވިދާޅުވީ، މައްސަލަ ހުށަހެޅި ފަހުން ފޯމުގައި ހުރި ބައެއް ކަންކަން އިސްލާހު ކުރުމަށް މިދިޔަ މަހުގެ 26 ގައި ކޯޓުން އެންގި ކަމަށެވެ.
އެ ފަހަރު ކޯޓުން އެދުނީ އެމްޑީޕީގެ ރަޖިސްޓްރީގެ ކޮޕީއަކާއި، ޕާޓީގެ ފަރާތުން މައްސަލަ ހުށަހަޅާއިރު ސޮއިކުރަން ހުއްދަ އޮންނަ ފަރާތް ކަނޑައަޅާފައި އޮތް ގަރާރު ފަދަ ރަސްމީ ލިޔުންތަކުގެ ސާފު ކޮޕީއެއް ހުށަހެޅުމަށެވެ. ނަމަވެސް މައުރޫފް ވިދާޅުވީ އެ ލިޔުންތަކަކީ ކުރިން ވެސް މައްސަލަތަކުގައި ކޯޓުތަކަށް ހުށަހަޅާފައިވާ ލިޔުންތައް ކަމަށެވެ.
ކޯޓުން އެންގި ގޮތަށް ހަމަ އެ ދުވަހު އެ ލިޔުންތައް އަލުން ސްކޭންކޮށް ހުށަހެޅުމުން، މި މަހުގެ 5 ވަނަ ދުވަހު އަނެއްކާވެސް ވަނީ އިތުރު ކަމެއް އިސްލާހު ކުރަން އަންގާފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ. އެ ފަހަރު އެންގީ ހުށަހަޅާފައިވާ މައްސަލަ ހިނގިކަން އަންގައިދޭ ހެކިބަހުގެ ބަޔާނެއް ހުށަހެޅުމަށެވެ.
"ފުރަތަމަ އަޅުގަނޑުމެން ފޯމު ހުށަހެޅީމަ އިސްލާހުކުރަން ކަންކަން ހުރި ނަމަ، ހުރިހާ ކަމެއް އެއްފަހަރާ އެންގެވިނަމަ ފަސޭހަވީސް. ނަމަވެސް، ފަހަރަކު ކަމެއް މި އަންގަވަނީ. މިގޮތަށް ތިން ފަހަރެއްގެ މަތިން ސިވިލް ކޯޓުން މިހާރު ވަނީ ރިޖެކްޓުކޮށްފައި." މައުރޫފް ވިދާޅުވިއެވެ.
މީގެ އިތުރުން މައުރޫފް ވިދާޅުވީ، އެމްޑީޕީން ކޯޓަށް ހުށަހެޅި މައްސަލައަކީ ކަމެއް ނުހިނގާކަމުގެ މައްސަލައެއް ކަމަށެވެ. އެހެންކަމުން، ކަމެއް ނުހިނގާކަން ސާބިތުކޮށްދިނުމުގެ ޒިންމާއެއް މައްސަލަ ހުށަހަޅާ ފަރާތުގެ ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން ބުނަމުންދަނީ މި ދަނޑިވަޅުގައި އެންމެ މުހިންމީ ދެ އިންތިޚާބު އެއްކުރާ ވޯޓު ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރުން ކަމަށެވެ. އަދި ވަގުތީ އަމުރެއް ނެރެނުދީ ވާނެ ގޮތެއް ކޯޓަށް ނޯންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެ ޕާޓީގެ ލީގަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު