ހދ. ނޮޅިވަރަމުގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑި، އެރަށުގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ މިދިޔަ ހުކުރު ދުވަހުގެ މެންދުރުފަހު 15:00 ހާއިރުއެވެ. އެ ވަގުތުން ފެށިގެން ކަރަންޓު ނުލިބި، ހުކުރު ދުވަހުގެ ރޭ އެއްކޮށް ރައްޔިތުން ހޭދަކުރަން ޖެހުނީ ކަރަންޓާ ނުލައި އަނދިރީގައެވެ. އަދި މިއަދު ހެނދުނުގެ ވަގުތެއްގައި ބައެއް ސަރަހައްދުތަކަށް އިރުކޮޅަކަށް ކަރަންޓު ލިބުނު ނަމަވެސް، އަލުން ކަރަންޓު ކެނޑިފައިވާ ކަމަށްވެއެވެ.
މި ބަރަކާތްތެރި ރަމަޟާން މަހު ކަރަންޓު ނެތުމުން އިންތިހާއަށް ދަތިވާ ކަމަށާއި، ކުއްލި ކުއްލިއަށް ކަރަންޓު ކެނޑުމުގެ ސަބަބުން ގޭގޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނުތަކަށް ގެއްލުން ލިބިދާނެ ކަމަށް ބެލެވޭ ކަމަށްވެސް އެރަށުން މަޢޫލޫމާތު ލިބިފައިވެއެވެ.
ގާތްގަނޑަކަށް 1900 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ނޮޅިވަރަމުން ކަރަންޓު ކެނޑެން މެދުވެރިވީ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އަދި ކޭބަލް މަރާމާތުކޮށް ކަރަންޓުގެ ޚިދުމަތް އަލުން އިއާދަކުރުމުގެ މަސައްކަތް ފެނަކައިން މިހާރު ކުރަމުންދާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުން މިހާތަނަށް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު