ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ކުޅުދުއްފުށި ސިޓީގައި އެއްވެސް ތަރައްގީގެ މަޝްރޫއެއް ފަށާފައި ނުވާތީ، އެ ސިޓީގެ ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކާއި ހިތްހަމަނުޖެހުންތަކެއް ހުރި ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި މޭޔަރ އާތިފް ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ތަރައްގީއަށް އެއްވެސް އާ މަޝްރޫއެއް ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ފެށިފައި ނުވުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާ ކަމަށެވެ.
މޭޔަރު ވިދާޅުވީ، ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލިފައިވުމާއި، އަސާސީ ބޭސް ފަސޭހައިން ލިބެން ނެތް މައްސަލައިގައި ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށެވެ.
މީގެ އިތުރުން، ކުޅުދުއްފުށީގައި ކުރިއަށްދާންޖެހޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ދެ އަހަރު ދުވަހަށް ހުއްޓިފައި އޮތުމާއި، ސިޓީގެ ސިއްހީ ނިޒާމު ދުވަހުން ދުވަހަށް ދަށަށްދާ މައްސަލައަކީ ރައްޔިތުންގެ މައިގަނޑު ގިލަންވެރިކަން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މޭޔަރު އާތިފްގެ ވީޑިއޯ މެސެޖު ނިންމާލައްވަމުން ވިދާޅުވީ، ކުޅުދުއްފުށީ ރައްޔިތުންގެ ހައްގުތަކާއި އެސިޓީގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި ވަކާލާތު ކުރާނެ ހީވާގި ޓީމެއް އޭނާ އިސްވެ ހުރެގެން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު