އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށް މެދުއިރުމަތީގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން، ފުރަގަސްދީފައިވާ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފިއެވެ.
މިކަމާ ގުޅުންހުރި ތިން މަސްދަރަކާ ހަވާލާދީ ރޮއިޓާސްއިން ބުނެފައިވަނީ، އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި ޑިޕްލޮމެޓިކް މަޝްވަރާތައް ފެށުމަށް އެކުވެރި ގައުމުތަކުން ކުރި އިލްތިމާސްތަކަށް ޓްރަމްޕްގެ ސަރުކާރުން އިންކާރުކޮށްފައިވާ ކަމަށެވެ.
އަނެއްކޮޅުން، އީރާނުގެ މަތީ ފަންތީގެ ދެ މަސްދަރަކުން ބުނެފައިވަނީ، އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާނުލަނީސް އެއްވެސް ކަހަލަ ސުލްހައިގެ ވާހަކައެއް ދެއްކުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އަދި މި ހަމަނުޖެހުން ހުއްޓުވުމަށްޓަކައި ބައެއް ގައުމުތަކުން މެދުވެރިއެއްގެ ދައުރު އަދާކުރަން މަސައްކަތް ކުރަމުންދާ ކަންވެސް އެ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
ވައިޓް ހައުސްގެ އިސް އޮފިޝަލަކު ރޮއިޓާސްއަށް ކަށަވަރުކޮށްދެއްވި ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފެށުމަށް ކުރެވޭ މަސައްކަތްތަކަށް ޓްރަމްޕް ވަނީ ނޫނެކޭ ވިދާޅުވެފައެވެ. އޭގެ ބަދަލުގައި އޭނާގެ މިހާރުގެ އަމާޒަކީ އީރާނުގެ އަސްކަރީ ގާބިލްކަން އިތުރަށް ބަލިކޮށްލުމަށްޓަކައި ހަނގުރާމަ ވަރުގަދަކޮށް ކުރިއަށް ގެންދިއުން ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
"މިވަގުތު އެކަހަލަ ކަމަކަށް (ސުލްހައިގެ ވާހަކަތަކަށް) އެމަނިކުފާނުގެ ޝައުގުވެރިކަމެއް ނެތް. އަދި ހުއްޓުމެއް ނެތި އަޅުގަނޑުމެންގެ މި މިޝަން ކުރިއަށް ގެންދާނަން. ފަހަރެއްގައި މުސްތަގުބަލުގައި އެފަދަ ދުވަހެއް އަތުވެދާނެ، އެކަމަކު މިވަގުތަކު ނޫން،" އެ އޮފިޝަލް ވިދާޅުވެފައިވެއެވެ.
ވައިޓް ހައުސްގެ ދެވަނަ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އީރާނުގެ އާ ވެރިކަމެއްގެ ދަށުން ވާހަކަ ދައްކަން ބޭނުންވާ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. ނަމަވެސް، މިވަގުތަށް "އޮޕަރޭޝަން އެޕިކް ފިއުރީ" އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ އިސް އޮފިޝަލް އަލީ ލަރީޖާނީ އާއި ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ، އޮމާން މެދުވެރިކޮށް އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވެންސްއާ އެކު ސުލްހައިގެ މަޝްވަރާތައް ފެށުމަށް މަސައްކަތް ކުރެއްވި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އެ މަސައްކަތްތަކުން މިހާތަނަށް އެދެވޭ ނަތީޖާއެއް ފެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު