އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް މަރުގެ ހަރުކަށި އިންޒާރެއް ދީފިއެވެ.
އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އައިއާރުޖީސީން ވަނީ ނަތަންޔާހޫ "ދުނިޔޭގައި ހުރިނަމަ، ފުރިހަމަ ބާރާއެކު ނަތަންޔާހޫ ފަހަތުން ގޮސް މަރާލުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ" ކަމަށް ބުނެފައެވެ. އީރާނުގެ އަސްކަރިއްޔާއިން މިހާރުވެސް ބަލަމުންދަނީ ނަތަންޔާހޫއަކީ މަރުވެފައިވާ މީހެއްގެ ގޮތުގައި ކަމަށް އެ ގައުމުން ވަނީ ހާމަކޮށްފައެވެ.
މި އިންޒާރު ދީފައިވަނީ އާދީއްތަ ދުވަހު ސަރަހައްދުގައި ހުރި އެމެރިކާގެ ތިން އަސްކަރީ މަރުކަޒަކަށް އީރާނުން ދިން ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އީރާނުން ބުނާ ގޮތުގައި މި ހަމަލާތަކަކީ އެ ގައުމުގެ ސިނާއީ ސަރަހައްދުތަކުގައި މަސައްކަތްކުރާ މީހުން މަރާލުމުގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ.
އައިއާރުޖީސީގެ ބަޔާނުގައި ބުނެފައިވަނީ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތްތަކަކީ އިޒްރޭލާއި އެމެރިކާގެ އުދުވާންތަކަށް ދެވޭ ރައްދެއް ކަމަށެވެ. އަދި ނަތަންޔާހޫއަށް އަމާޒުކޮށް ދީފައިވާ މި އިންޒާރަކީ އީރާނުން އިޒްރޭލުގެ ވެރިންނާ ދެކޮޅަށް ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ތެރެއިން ދީފައިވާ އިންޒާރެކެވެ.
މި ހަމަލާތަކުގައި އިރާގުގެ އުރުބީލްގައި ހުންނަ އަލް-ހަރީރު އެއާ ބޭސްއަށާއި، ކުވެއިތުގައި ހުންނަ އަލީ އަލްސާލިމް އަދި އާރިފްޖާން ބޭސްއަށް އީރާނުގެ ބާރުގަދަ މިސައިލްތައް އަމާޒުވި ކަމަށް އެ ގައުމުން ވަނީ ދައުވާކޮށްފައެވެ. މިއީ ފަހަކަށް އައިސް އީރާނުން އިޒްރޭލުގެ ލީޑަޝިޕަށް އަމާޒުކޮށް ދިން އެންމެ ސީދާ އަދި ނުރައްކާތެރި އިންޒާރެވެ.

ކިޔުންތެރިންގެ ހިޔާލު