އެމެރިކާ އިސްވެ އޮވެ، އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެގައުމުގެ ސިޔާސަތަކަށް ނުވަތަ މި ހަނގުރާމައާ މެދު އެ ގައުމުން ގެންގުޅޭ ފަލްސަފާއަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އީރާނުން ގަބޫލުކުރާ ގޮތުގައި މިއީ އެ ގައުމުގެ މައްޗަށް މަޖުބޫރުކޮށްގެން ކުރިމަތިކުރުވާފައިވާ އުދުވާނީ ހަނގުރާމައެކެވެ.
އެމެރިކާއާއި އިސްރާއީލަށް މިއީ އެ މީހުން އަމިއްލައަށް އިޚްތިޔާރުކޮށްގެން ކުރާ ހަނގުރާމައަކަށް ވީ ނަމަވެސް، އީރާނަށް މިއީ އެ ގައުމުގެ ދެމިއޮތުމަށްޓަކައި ކުރަން މަޖުބޫރުވެފައިވާ، ހަނގުރާމައެކެވެ. އެހެންކަމުން، މި ހަނގުރާމައިގައި ކުރިއަށް ދިއުން ނޫން އެހެން އިޚްތިޔާރެއް ނެތް ކަމަށް އީރާނުން ދެކެއެވެ.
ކޮންމެ ދެތިން ދުވަހަކުން އާ ވައްތަރެއްގެ މިސައިލެއް ދައްކާލުމަކީ އީރާނުގެ ބާރު ހުރިކަން ހާމަކޮށްދޭ ކަމެކެވެ. އޭގެ ތެރޭގައި އަޑަށްވުރެ 15 ގުނަ ހަލުވިކޮށް ދަތުރުކުރާ 'ހައިޕަރސޮނިކް' މިސައިލް ފާހަގަކޮށްލެވެއެވެ. އީރާނުން ބުނާ ގޮތުގައި މިއަދު ފުރަތަމަ ފަހަރަށް އިސްރާއީލާ ދެކޮޅަށް މި މިސައިލް ވަނީ ބޭނުންކޮށްފައެވެ. މިއީ މި ކުރިމަތިލުމުގައި އީރާނުގެ އަތުގައި އަދިވެސް ވަރުގަދަ ހަތިޔާރުތަކެއް ހުރިކަން ދުނިޔެއަށް ސާބިތުކޮށްދިނުމެކެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ވަނީ ހޯރްމޫޒް ކަނޑުއޮޅިއާ ބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. މިއީ މި ހަނގުރާމައާ ގުޅިގެން ދެފަރާތުން ދައްކާ ވާހަކަތަކުގެ ތެރޭގައި އެންމެ ބޮޑު ބަހުސެއް އުފެދިފައިވާ އެއް މައުޟޫއެވެ. އެމެރިކާއިން ބުނަމުންދަނީ ދުނިޔޭގެ ބާރުތަކުން ގުޅިގެން ހޯރްމޫޒް ކަނޑުއޮޅި ހިމާޔަތްކުރަން ޖެހޭނެ ކަމަށެވެ. އަދި އީރާނަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މަސްލަހަތާ ދެކޮޅަށް މަސައްކަތްކުރާ ގައުމެއްގެ ގޮތުގައި ސިފަކުރަން އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ.
މިކަމުގައި އީރާނުގެ ވިސްނުން ތަފާތެވެ. އެ ގައުމުން ބުނާ ގޮތުގައި ހޯރްމޫޒް ކަނޑުއޮޅިއަކީ ބަންދުކޮށްފައިވާ ތަނެއް ނޫނެވެ. ނަމަވެސް، އެތަން ބަންދުވާނީ ހަމައެކަނި އެމެރިކާއާއި އިސްރާއީލުގެ އުޅަނދުފަހަރަށާއި، އީރާނާ ދެކޮޅަށް ކުރާ އުދުވާނީ ހަނގުރާމައަށް އެހީތެރިވާ ފަރާތްތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު