ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދާ އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފިއެވެ.
އެފްއޭއެމްގެ ޚިޔާނާތުގެ އެކި މައްސަލަތަކުގައި ބައްސާމްގެ މައްޗަށް ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މީގެ ތެރޭގައި އެފްއޭއެމްގެ 1.2 މިލިއަން އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގައި އިއްވާފައިވާ 23 އަހަރުގެ ޖަލު ހުކުމުގެ އިތުރުން، އެހެން ދެ ދައުވާއެއް ސާބިތުވެ އިއްވާފައިވާ 9 އަހަރުގެ ހުކުމް ހިމެނެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާޗް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ބައްސާމް ގޭބަންދަށް ބަދަލުކޮށްފައިވާކަމަށެވެ. އެގޮތަށް ނިންމީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ވަގުތީ ގޮތުން ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެެ.

ކިޔުންތެރިންގެ ހިޔާލު