ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް އިތުރުފުޅު ހައްދަވާކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، ތުހުމަތު ކުރަށްވައިފިއެވެ.
މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ޑރ. ޖަމީލް ވިދާޅުވީ، ދުނިޔޭގެ ބޮޑެތި އިގްތިސާދުތައް ބިރުން އުޅޭ މި ދަނޑިވަޅުގައި، ރާއްޖެއަށްވުރެ ފުދުންތެރި ގައުމެއް މި ދުނިޔޭގައި ނެތްކަމުގެ އިހްސާސް މި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ކަމަށެވެ. މިގޮތުން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްޓަކައި ސަރުކާރުން ގިނަ ކަންތައްތަކެއް ކުރަމުންދާކަން ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.
ޑރ. ޖަމީލް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދެގުނައަށް އުފުލިފައިވާއިރު، އެއީ އަގު ހެޔޮވުން ކަމަށް ދައްކައިގެން ސަރުކާރުން އޮޅުވާލަމުންދެއެވެ. އަދި ދައުލަތުގެ މާލީ ހާލަތު ދަށްވެ، މުސާރަ ދިނުމަށްޓަކައި ލޯނު ނަގަމުންދާއިރުވެސް، ވަޒީފާގެ އެއްވެސް މަސައްކަތެއް ނެތް ތަންތަނަށް ވަޒީފާ ދިނުން ކުރިއަށް ގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އިންތިޚާބާ ދިމާކޮށް ކުށްވެރިން ދޫކުރުމާއި، ކަރެކްޝަންސް އަދި ކަސްޓަމްސް ފަދަ މުއައްސަސާތަކުގެ މުސާރަ ބޮޑުކުރާނެ ކަމަށް ބުނެ "ކަޑަޖަހަމުން" ދާ ދިއުމަށް ޑރ. ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސަރުކާރުން ދަރަނި ދެއްކުމަށްޓަކައި 300 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވާކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ މުޅި ރަށުތެރޭގައި ފަތުރަމުންދަނީ ޕީއެންސީގެ ދޮގުތައް ކަމަށެވެ.
"މިވަރަކަށް ބަޔަކު އިންތިޚާބަށް ކަޑަޖަހާނީ. މުއިއްޒުގެ ދޮގު ހެދުމަކަށް މި ރޯދަމަހުގައިވެސް ހުއްޓުމެއް ނެތް،" ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލްގެ ވާހަކަފުޅު ނިންމަވާލައްވަމުން، މާތްﷲ އަށް ބިރުވެތިވާ އަޅަކު ރައީސް މުއިއްޒު އުޅުއްވާ ގޮތަށް އުޅުއްވާފާނެތޯ ސުވާލު އުފައްދަވައި، ސަރުކާރުގެ އިޚްލާޞްތެރިކަމާމެދު ވަނީ ސުވާލު އުފައްދަވާފައެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ތެލުގެ އަގު މީން ޒަމާނަކު މައްޗަށް ނުދާ މިންވަރަށް މިހާރު ވަނީ މަތިވެފައެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށެވެ. އޭގެއިތުރުން ސަރުކާރުން ދަނީ ޤާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތައްޔާރުވަމުންނެވެ.

މިއަށްވުރެ ފުދުންތެރި ގައުމެއް މިވަގުތު މިދުނިޔޭގައި ނެތްކަމުގެ އިޙްސާސް މިސަރުކާރުން މިދެނީ . ބޮޑަތި އިގްތިސާދުތައް ބިރުން އުޅޭއިރު، މިތާނގައި ؛
— Mohamed Jameel Ahmed (@MJameelAhmed) March 17, 2026
މުސާރަ ބޮޑުކުރަނީ،
ތެލުގެ އަގު ދެގުނަޔަށް އުފުލިފައިވާއިރު، އެއީ އަގު ހެޔޮވުންކަމަށް ދައްކަނީ،
ކުށްވެރިން ދޫކުރަނީ،
މުސާރަދޭން ލޯނު… pic.twitter.com/adbMW7cIIr
ޑރ. ޖަމީލްގެ ވާހަކަފުޅު ނިންމަވާލައްވަމުން، މާތްﷲ އަށް ބިރުވެތިވާ އަޅަކު ރައީސް މުއިއްޒު އުޅުއްވާ ގޮތަށް އުޅުއްވާފާނެތޯ ސުވާލު އުފައްދަވައި، ސަރުކާރުގެ އިޚްލާޞްތެރިކަމާމެދު ވަނީ ސުވާލު އުފައްދަވާފައެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ތެލުގެ އަގު މީން ޒަމާނަކު މައްޗަށް ނުދާ މިންވަރަށް މިހާރު ވަނީ މަތިވެފައެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށެވެ. އޭގެއިތުރުން ސަރުކާރުން ދަނީ ޤާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތައްޔާރުވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު