ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ބޭއްވި އަރަބި އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމަކަށްފަހު، އެ ގައުމުގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕްރިންސް ފައިސަލް ވިދާޅުވީ، ގަލްފްގެ ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާނުލައިފިނަމަ، އެ ގައުމާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ. ގައުމުގެ މިނިވަންކަމާއި، ސަލާމަތާއި، ވަސީލަތްތައް ދިފާއުކުރުމަށްޓަކައި ނިންމަންޖެހޭ ކޮންމެ ނިންމުމެއް ނިންމުމުގައި ސައުދީ އަރަބިއްޔާ ފަސްނުޖެހޭނެ ކަމަށާއި، އީރާނުގެ އުދުވާންތައް ހުއްޓުވަން އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، އީރާނުގެ އަމަލުތައް ހުއްޓުވުމަށްޓަކައި ސިޔާސީ ގޮތުންނާއި އެ ނޫން ގޮތްގޮތުންވެސް ފިޔަވަޅު އެޅުމުގެ ފުރިހަމަ އިޚްތިޔާރު ސައުދީއަށް އެބައޮތެވެ. އަދި އީރާނާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުން ކުރުމަކީ ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ސައުދީއަށް ލިބިގެންވާ ހައްގެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"އީރާނުން ދެމުންގެންދާ ހަމަލާތަކަށް އަސްކަރީ ގޮތުން ރައްދު ދިނުމުގެ ގާބިލްކަން ސައުދީ އަރަބިއްޔާއަށާއި ގަލްފްގެ އެހެން ގައުމުތަކަށް ނެތް ކަމަށް އީރާނަށް ހީވާނަމަ، އެއީ ވަރަށް ބޮޑު ކުށްހީއެއް،" ޕްރިންސް ފައިސަލް ވިދާޅުވިއެވެ. އީރާނާ އަސްކަރީ ގޮތުން ކުރިމަތިލުމުގެ ފުރިހަމަ ގާބިލްކަމާއި ބޭނުންވާ ވަސީލަތްތައް ގަލްފްގެ ގައުމުތަކުގައި އެބަހުރި ކަމަށާއި، އީރާނުން ހަނގުރާމައިގެ މަގު އިޚްތިޔާރުކޮށްފިނަމަ އޭގެ ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނީ އީރާނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސައުދީގެ ދެ ތެޔޮ ރިފައިނަރީއަކަށް އީރާނުން ދިން ހަމަލާތަކަށް އިޝާރާތް ކުރައްވަމުން ޕްރިންސް ފައިސަލް ވިދާޅުވީ، އެ ހަމަލާތަކާ ގުޅިގެން އީރާނަށް އޮތް އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ. އަދި އީރާނުން އެ ގައުމުގެ ސިޔާސަތުތައް ބަދަލު ނުކުރާނަމަ، ކުރިއަށް އޮތް ތަނުގައި އީރާނާއެކު އެއްވެސް ބާވަތެއްގެ ގުޅުމެއް ގާއިމް ނުކުރެވޭނެ ކަމަށް ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކުން އިއްތިފާގުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު