ބަރަކާތްތެރި ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތު ދިވެހި އުންމަތާ ބައްދަލުކުރި މި ދަނޑިވަޅުގައި، މުޅި އިސްލާމީ އުންމަތަށް ބާރުވެރިކަމާއި، ޤަދަރުވެރިކަމާއި ހައިބަތު މިންވަރުކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
1447 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ، މިއަދަކީ އިސްލާމީ އުންމަތަށް ވަރަށް ޚާއްޞަ ދުވަހެއް ކަމަށެވެ. އަދި މި އުފާވެރި ދުވަހާ އަޅުގަނޑުމެން ބައްދަލުކުރަނީ ރަމަޟާން މަހުގެ މަތިވެރި އަޅުކަންތައް ފުރިހަމަކޮށް، މާތް ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބޭނޭ ކަމުގެ އުންމީދާއި ހިތްހަމަޖެހުމާއެކު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ޚިޠާބުގައި ޢީދުގެ ހަޤީޤީ މާނައަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ޢީދުގެ އުފަލަކީ މާތް ﷲއަށް ޙަމްދުކުރުމާއި، އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވުން ކަމަށެވެ. އަދި މިއީ އެކަކު އަނެކަކަށް ހިތްހެޔޮކޮށް، މުޖުތަމަޢުގައި އީމާންކަމާއި ލޮބުވެތިކަން އާލާކުރަންވީ ވަގުތުކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. މީގެ އިތުރުން، ޢީދުގެ އުފާފާޅުކުރުންތައް ރާވާއިރު، އިސްލާމީ އިންތަކާއި މިންތަކުގެ ތެރޭގައި ކަންކަން ކުރިއަށް ގެންދިއުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
ރޯދަމަހުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަމަޟާން މަހަކީ އަޅުގަނޑުމެންގެ ދޫތަކާއި ގުނަންތަކަށް ދެވުނު މުހިންމު ތަމްރީނެއް ކަމަށެވެ. އަދި ޢީދަށްފަހު އަންނަ ހަ ރޯދައަކީ ހެޔޮ ޢަމަލުތަކުގެ މަތީގައި ދެމިތިބުމަށް އިސްލާމްދީން ދޭ ވަރަށް ފުރިހަމަ ދަޢުވަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ޢީދު ބައްދަލުކުރިއިރު އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އިޝާރާތްކުރައްވައި، ރައީސް މުޢިއްޒު ވަނީ ފަލަސްޠީނާއި މެދުއިރުމަތީގެ މުސްލިމް އަޚުންނާއި އުޚުތުން ތަހައްމަލު ކުރަމުންދާ ހިތްދަތި ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މުސްލިމުންނަކީ އެއް ހަށިގަނޑެއް ފަދަ ބަޔަކަށް ވީތީ، އެ ބޭފުޅުންގެ ވޭނުގައި ދިވެހިން ބައިވެރިވާ ކަމަށެވެ. އަދި އެ ލޮބުވެތި އަޚުންނަށް އަވަސް އަމާންކަމާއި ރައްކާތެރިކަން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޚިޠާބު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމީ އުންމަތަށް ނަޞްރާއި ރައްކާތެރިކަން ދެއްވައި، ދިވެހި ޤައުމަށް ހެވާއި ލާބަ މިންވަރުކުރެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު