އެންމެ ފަހުން ތިބާގެ ބައިވެރިޔާގެ ލޮލަށް ފުންކޮށް ބަލައިލީ ކޮން އިރަކު ހެއްޔެވެ؟ އެއީ ހަމައެކަނި ފިލާވަޅެއް ނުވަތަ ވާހަކައެއްގެ ތެރެއިން ދީލާލި އަވަސް ނަޒަރެއް ނޫނެވެ. އޭގެ ބަދަލުގައި، އިޚްލާޞްތެރިކަމާއި ލޯތްބާއެކު އެކަކު އަނެކެއްގެ ލޮލަށް ބަލައިލި ހަނދާނެއް އެބަހުރި ހެއްޔެވެ؟
ފުރަތަމަ މިކަން ކުރަން ކުޑަކޮށް އުނދަގޫވެފައި، މަޖާ ކަމަކަށް ވެސް ވެދާނެއެވެ. ނަމަވެސް، ސައިންސާއި ތަޖުރިބާކާރުން އިއްތިފާގުވާ ގޮތުގައި، ލޮލާއި ލޯ ސީދާކޮށް ބަލައިލުމަކީ ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް، އަލުން ގާތްކަން އުފެއްދުމަށް އޮތް ވަރަށް ބާރުގަދަ ވަސީލަތެކެވެ.
ލޮލަށް ބަލައިލުން މުހިންމުވަނީ ކީއްވެ؟
މިއީ ވަޒީފާގެ މާހައުލުގައި ނުވަތަ އާދައިގެ މުޢާމަލާތްތަކުގައި ބަހައްޓާ ކަހަލަ ނަޒަރެއް ނޫނެވެ. މިއީ އެއަށްވުރެ މާ މަތިވެރި، މާ ގާތް ގުޅުމެއްގެ ވާހަކައެވެ. ތިބާ އެންމެ ލޯބިވާ ފަރާތުގެ ލޮލަށް ބަލައިލުމުގެ ވާހަކައެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ ދެމަފިރިންނަށް މިފަދައިން އެކަކު އަނެކެއްގެ ލޮލަށް ބަލައިލެވެނީ ވަރަށް މަދު ފަހަރެއްގައިއެވެ. މިއީ އާދަކޮށް ކުރަން ވަރަށްވެސް މުހިންމު ކަމެކެވެ. ސަބަބަކީ ލޮލާއި ލޯ ސީދާކޮށް ބަލައިލުމުން، ދެމީހުންގެ ދެމެދުގައިވާ އިހުސާސްތައް ވަރުގަދަވެ، އަޅާލުމާއި ލޯބި އިތުރުކޮށްދޭތީއެވެ. އަދި މީގެ ސަބަބުން ހަށިގަނޑުގައި ގާތްކަން އުފައްދައިދޭ ހޯރމޯންތައް (އޮކްސިޓޯސިން) އުފެދުމަށް މަގުފަހިވެއެވެ. ކުރުކޮށް ބުނާނަމަ، މިފަދަ ނަޒަރިއްޔާއަކުން ބަލާލުމަކީ ބައިވެރިޔާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެކެވެ. އެހެންކަމުން ލޮލާއިލޯ ސީދާކޮށް ބަލާލުމަކީ އަހަރެމެންގެ ހިތަށްވެސް ނުގަނެވޭހާ މާތް ގުޅުމެއް އުފެދިގެންދާނެ ކަމެކެވެ.
ގުޅުން އާލާކުރުމަށް ފަސޭހަ މަގެއް
އެހެންކަމުން، އަމިއްލަ ނަފްސާ ސުވާލުކޮށްލަންވީ ވަގުތު މިއޮތީ އައިސްފައެވެ. އެންމެ ފަހުން ތިބާގެ ބައިވެރިޔާގެ ލޮލަށް ފުންކޮށް ބަލައިލީ ކޮން އިރަކު ހެއްޔެވެ؟ މިކަން ނުކުރެވޭތާ ގިނަ ދުވަސްވެފައިވާނަމަ، މި ހަފްތާގައި އެކަން ބަދަލުކޮށްލަމާ ހިނގާށެވެ.
ދެމީހުންގެ ގުޅުން ވަރުގަދަ ކުރުމަށް މިކަން ކުރެވިދާނެ ގޮތް
އެންމެ ފުރަތަމަ ކުރަން ހުރި ހުރިހާ ކަމެއް ހުއްޓާލުމަށްފަހު، އެންމެ ދިހަ ސިކުންތުގެ ވަގުތުކޮޅެއް ނަމަވެސް ހުސްކޮށްލާށެވެ. އަދި ކައިވެނީގެ ކުރީކޮޅު ނުވަތަ ލޯބީގެ ފެށުމުގައި ބަލައިލި ފަދަ ލޯބިވެތި ނަޒަރަކުން ބައިވެރިޔާގެ ލޮލަށް ބަލައިލާށެވެ. އެއްވެސް އުނދަގުލެއް، ފޯނެއް ނުވަތަ އެހެން ކަމަކަށް ސަމާލުކަން ނުދީ، ހަމައެކަނި ތިޔަ ދެމީހުންނަށްޓަކައި އެ ވަގުތުކޮޅު ހުސްކޮށްލާށެވެ.

ކިޔުންތެރިންގެ ހިޔާލު