ހުޅުމާލެ އުތުރު ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަށްވާ ފާތިމަތު ސިބާއަށް އަނިޔާވީ އިއްޔެ ހަވީރު ހިނގި އެކްސިޑެންޓެއްގެ ސަބަބުން ކަމަށް ފުލުހުން ބުނެފިއެވެ.
ސިބާގެ ގައިގައި ބަޔަކު ގަސްތުގައި ސައިކަލަކުން ޖެއްސި ކަމަށް ބުނެ މީސް މީޑިއާގައި ވާހަކަ ފެތުރެމުންދަނިކޮށް، ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓް ހިނގި ސަރަހައްދުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިއީ އިއްޔެ ހަވީރު 5:25 ހާއިރު ދެ ސައިކަލު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓެއް ކަމަށެވެ. އަދި ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ފަދައިން، މިއީ ވަކި މަގުސަދެއް އޮވެގެން ގަސްދުގައި މީހަކަށް ދިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށް ވެސް ފުލުހުން ފާހަގަކުރިއެވެ.
"މިއީ އެކްސިޑެންޓްވުމަށްފަހު ފިލައިގެން ދިޔަ ހާދިސާއެއް ނޫންކަން ވެސް ފާހަގަކުރަމެވެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގުން ދުއްވާފައިދިޔަ ސައިކަލެއް ފޭރުގަސްމަގު 2 ނަންބަރު ގޯޅިއަށް އަޅަން އުޅުނު ވަގުތު، ހިތިގަސްމަގުން ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި ޖެހިގެން ކަމަށެވެ. ހާދިސާ ހިނގި ވަގުތު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް، ސީންއިން ބޭނުންވާ މައުލޫމާތާއި އެކްސިޑެންޓްގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު އެއްކޮށްފައެވެ.
މި ހާދިސާގައި ސިބާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އޭނާއަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. ފުލުހުން ބުނީ މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު