ބަންދުގެ މުއްދަތު އިތުރުކުރި މީހުން
ބަންދުގެ މުއްދަތު އިތުރުކުރި މީހުން
އައްޑޫގައި ފުލުހުން ހިންގި ޑްރަގުގެ ބޮޑު އޮޕަރޭޝަނުގައި އައްޑޫން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން އިތުރު ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރު ކޮށްފި އެވެ.

އެ މައްސަލާގައި ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކޮށްފައިވަނީ، ސ. ހިތަދޫ، ފިނިފަރު، ހަސަން އާމިރު 25އ، އާއި އެ ރަށު ބުލޫބާޑް، ހޫދު ލަތީފް 24އ، އާއި މަންދޫބުގޭ، ހުސައިން ސިމާހު 27އ، ގެ މައްޗަށެވެ.

ފުލުހުން މިއަދު ބުނީ މީގެ ތެރޭގައި ހިމެނޭ ހޫދަކީ މި މައްސަލައާ ގުޅިގެން މި މަހުގެ ހަތް ވަނަ ދުވަހު ހައްޔަރުކޮށް، އެ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ މީހެއް ކަމަށެވެ. އަނެއް ދެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެއިތިއްބުމަށް އަމުރު ކޮށްފައި ވަނީ އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރު ކުރުމުން އިއްޔެ ކަމަށެވެ.



މި ތިން މީހުންނާއެކު ޖުމްލަ ފަސް މީހަކަށް ވަނީ ޝަރީއަތް ނިމެންދެން ބަންދު ޖަހާފަ އެވެ. ކުރިން ބަންދު ޖަހައި ދިނީ ސ. ހިތަދޫ، ފިނިފަރު، އަބްދުﷲ އިބްރާހިމް 33، އާއި އެ ރަށު ކޯޅި، މުހުއްމަދު ޔާމީން ނަސީރު 23، އެވެ.

ފުލުހުން ބުނީ އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ މި އޮޕަރޭޝަނުގައި މިހާތަނަށް ޖުމްލަ 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފަހުން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އެ ދެމީހުން ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 5 އަދި 7 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އެދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 5 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އަދި އޮކްޓޫބަރު 7 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ބުލޫބާރޑް، ހޫދު ލަތީފް (24އ) ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ތަހުގީގަށް އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ 8 މީހަކު ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ބުނީ ސ.ހިތަދޫ / ފިނިފަރު، ޢަބްދުﷲ އިބްރާހީމް (33 އަހަރު) އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކު ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޜަންގައި ގާއިމްވެތިބޭ ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން އަދި ސައުތު ޕޮލިސް ޑިވިޜަން ގުޅިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި ޚާއްސަ އޮޕަރޭޝަންގައި ވަގުތީ ބަރުދަނުގައި 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން