އައްޑޫ ސިޓީގެ ހިތަދޫ ސެންޓްރަލް ޕާކު އަލުން ތަރައްގީކުރުމަށްފަހު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އަރުވަން ހަމަޖެހިފައި އޮތް "ހަވާ" ކުއްލި ގޮތަކަށް އެމްއެންޑީއެފުން ކެންސަލްކުރުމާ ގުޅިގެން، އައްޑޫ ސިޓީ ކައުންސިލުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މި ރަސްމިއްޔާތަކީ ފިތުރު އީދުގެ އުފާވެރި މުނާސަބަތާ ގުޅުވައިގެން، ރޭ 20:30 ގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ބޮޑު އިވެންޓެކެވެ. އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، ހަވާ އެރުވުމުގެ މަސައްކަތް ސިފްކޯއާ ހަވާލުކޮށް، އެކަމަށް ދައްކަންޖެހޭ ފައިސާވެސް ވަނީ މީގެ ދެ ދުވަސް ކުރިން ދައްކައި ނިންމާފައެވެ. ނަމަވެސް، ހަވާ އެރުވުން ކެންސަލްކުރިކަން އެމްއެންޑީއެފުން އަންގާފައިވަނީ ރަސްމިއްޔާތު ފެށެން އެންމެ ތިން ގަޑިއިރަށް ވެފައި ވަނިކޮށް، އިއްޔެ ހަވީރު 17:45 ހާއިރުއެވެ.
ސިފްކޯއިން ފޮނުވި އީމެއިލެއްގައި ބުނެފައިވަނީ ހަވާ އެރުވުން ކެންސަލް ކުރަން ޖެހުނީ "ޓެކްނިކަލް" މައްސަލަތަކަކާ ގުޅިގެން ކަމަށެވެ. އެހެންނަމަވެސް، ކައުންސިލުން ބުނި ގޮތުގައި އެ ވަގުތާ ހަމައަށް ހަވާ އެރުވުމަށް ބޭނުންވާ ހުރިހާ އިންތިޒާމެއް ހަމަޖައްސައި، ބަޑިބޭހާއި އެހެނިހެން ސާމާނު ސައިޓަށް ގެނެސް، ހަވާ އެރުވުމުގެ "ސެޓް-އަޕް" ވެސް އޮތީ ފުރިހަމަކޮށްފައެވެ.
މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހިތަދޫ ސެންޓްރަލް ޕާކް ހުޅުވުމުގެ ރަސްމިއްޔާތު އީދު ދުވަހު ބޭއްވުމަށް ނިންމީ، އީދުގެ ފޯރި ގަދަކޮށް، ކުޑަކުދިންނަށް އުފާވެރި މާހައުލެއްގައި އީދު ފާހަގަކުރުމުގެ ފުރުސަތު ދިނުމުގެ މަގުސަދުގައި ކަމަށެވެ.
"މި އިވެންޓު ދުރާލާ ރާވައި ހަވާ އެރުވުމަށް ނިންމައި، ހަވާ އެރުވުމުގެ މަސައްކަތް ގައުމީ ދިފާއީ ބާރުގެ ވިޔަފާރި ކުންފުނި ސިފްކޯއާ ހަވާލުކޮށް އެ މަސައްކަތަށް ކައުންސިލުން މީގެ 2 ދުވަސްކުރިން ފައިސާ ދައްކައި، އެތަނުގައި ހަވާ އެރުވުމަށް ބޭނުންވާ ބަޑިބޭހާއި އެހެނިހެން ސާމާނު ގެނެސް، ތައްޔާރީތައް ވުމަށްފަހު އިވެންޓު ފެށުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް އިތުރު މުއާމަލާތެއް ކައުންސިލާ ނުހިންގައި، އީމެއިލްގެ ޒަރިއްޔާއިން، ޓެކްނިކަލް މައްސަލައެއް ދިމާވެގެން ހަވާ އެރުވެން ނެތަކަމަށް ބުނެ ސިފްކޯއިން އެއްބަސްވުމާ ހިލާފަށް އެތަނުން ތަކެތި ނަގައިގެން ގޮސްފައިވަނީ ސިޔާސީ ނުފޫޒެއްގެ ތެރެއިން ލިބިފައިވާ ބޭއިންސާފު އަމުރެއްގެ ދަށުން ކައުންސިލްގެ އަގުވައްޓާލުމަށް ކަމަށް ކައުންސިލުން ދެކެމެވެ،" ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އެމްއެންޑީއެފް ފަދަ ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ހިދުމަތް ފޯރުކޮށްދޭންޖެހޭ މުއައްސަސާއަކުން މިފަދަ އަމަލެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ކައުންސިލުން ބުންޏެވެ. އަދި ސިފްކޯއިން އަމަލުކުރި ބޭއިންސާފު ގޮތް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު