ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ލިބުމާ ގުޅިގެން، ގޭސް ފޯރުކޮށްދިނުމުގައި ދިމާވި ދަތިތަކަށް ހައްލެއް ލިބިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
އެސްޓީއޯއިން ބުނީ، އަލަށް ލިބުނު ޝިޕްމަންޓާއެކު މޯލްޑިވްސް ގޭސް މެދުވެރިކޮށް 10 ކިލޯގެ ގޭސް ފުޅި މިހާރު އެއްވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ މިންވަރަށް މިވަގުތު ގޭހުގެ ސްޓޮކް ހުރިކަމަށާއި، އާންމުންނަށް މެދުކެނޑުމެއް ނެތި ހިދުމަތް ފޯރުކޮށްދިނުމަށް ބާރުއަޅަމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ވޭތުވެދިޔަ މަހާއި މި މަހުގެ ތެރޭގައި ގޭހުގެ ޝިޕްމަންޓް ލިބުން ލަސްވުމުގެ ސަބަބުން، މާލެއާއި އަތޮޅުތެރޭގެ ރަށްރަށަށް ގޭސް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. މިކަމުގެ ސަބަބުން ގޭސް އޯޑަރުކުރުމަށްފަހު ޑެލިވަރީ ލިބުމުގައި ގިނަ ވަގުތުތަކެއް ހޭދަވާތީ އާންމުންގެ ޝަކުވާތައް ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. ނަމަވެސް، އައު ޝިޕްމަންޓާއެކު ޑެލިވަރީގެ ހިދުމަތްތައް ކުރިއެކޭ އެއްފަދައިން އަވަސްވެގެންދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.
މި ދަތިކަން ކުރިމަތިވާން މެދުވެރިވީ ބައިނަލްއަގުވާމީ ބާޒާރުގައި، ހާއްސަކޮށް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލާއި ގޭހުގެ ސަޕްލައިއަށް އައި ބަދަލުތަކުގެ ސަބަބުންނެވެ. ސަޕްލައި ޗޭނަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ސްޓޮކް އެއްކޮށް ހުސްވިޔަ ނުދިނުމަށްޓަކައި މޯލްޑިވް ގޭސްއިން ވަނީ ވަގުތީ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި 10 ކިލޯގެ ފުޅިއަށް 5 ކިލޯ ގޭސް އަޅައިގެން 100 ރުފިޔާއަށް ވިއްކުމާއި، އައު ކަސްޓަމަރުންނަށް ގޭސް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުން ހިމެނެއެވެ.
އެސްޓީއޯއިން ބުނީ، މި ފިޔަވަޅުތަކަކީ ދަތި ދަނޑިވަޅުގައި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ގޭސް ފޯރުކޮށްދިނުމަށްޓަކައި އެޅި މުހިންމު ފިޔަވަޅުތަކެކެވެ. އާ ޝިޕްމަންޓާއެކު މިހާރު ހިދުމަތްތައް ވަނީ އާންމު ހާލަތަކަށް ރުޖޫޢަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު