ޅ. އޮޅުވެލިފުށީގައި ޤާއިމް ކުރަމުންދާ ސޯލާ ޕީވީގެ ޕްރޮޖެކްޓް
ޅ. އޮޅުވެލިފުށީގައި ޤާއިމް ކުރަމުންދާ ސޯލާ ޕީވީގެ ޕްރޮޖެކްޓް
ފެނަކައިން ޅ. އޮޅުވެލިފުށީގައި ޤާއިމް ކުރަމުންދާ ސޯލާ ޕީވީ ޕްރޮޖެކްޓްގެ ސަބަބުން ޖައްވައް ބޭރުވާ ވިހަ ގޭހުގެ މިންވަރު މަދު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފެނަކައިން ބުނީ އެކުންފުނިން ޤާއިމްކުރާ 12 މެގަވޮޓްގެ ސޯލާ ޕީވީ ޕްރޮޖެކްޓަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް އެ ކޯޕަރޭޝަންއިން ފަށާފައިވާ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫޢާއެކު އަހަރަކު 47.5 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފެނަކައިން މަޢުލޫމާތު ދެއެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ އެ ޕްރޮޖެކްޓު ނިމުމުން ޖައްވަށް ބޭރުކުރާ ވިހަ ގޭހެއް ކަމަށްވާ، ކާބޮންޑައި އޮކްސައިޑްގެ މިންވަރު އަހަރަކު 16.5 ޓަނު މަދުވެގެންދާނެ ކަމަށެވެ.



ފެނަކައިން ބުނީ މި ޕްރޮޖަކްޓަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ފަށާފައިވާ ޕްރޮޖެކްޓެއްކަމަށެެވެ.

ފެނަކަ ކޯޕަރޭޝަން އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.

އެގޮތުން ހދ. އަތޮޅުން ފެށިގެން ގދ އަތޮޅަށް ޖުމްލަ 51 މަޝްރޫއެއް މިހާރު އެކުންފުނިން ކުރިއަށް ގެންދެ އެވެ. އެ މަޝްރޫއުތަކުގެ ތެރެއިން 19 އަށްވުރެ ގިނަ މަޝްރޫއެއްގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާއިރު އެ މަޝްރޫއު ތަކުގެ ތެރޭގައި ހިމެނެނީ އިންޖީނުގެތައް ހުރިތަން ބަދަލު ކުރުމާއި، އޮފީސް އިމާރާތްތައް އެޅުމާއި އޮފީސް އިމާރާތްތަކުގެ ވަށާފާރު ލުމުގެ މަސައްކަތްތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން