ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ތައާރަފުކުރާ 'ޕާލް ރެޒިޑެންސް ވިސާ' އަންނަ މަހު އަމަލީގޮތުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މި ވިސާ ތައާރަފު ކުރުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ބާރުސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ.
މި ޕްރޮގްރާމަކީ މިދިޔަ ޖުލައި މަހު ސިންގަޕޫރުގައި ބޭއްވި ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގެ ތެރެއިން، ރެސިޑެންސް ބައި އިންވެސްޓަމަންޓް ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާސްއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހިންގާ މަޝްރޫއެކެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަސައްކަތް ސަރުކާރުން ކުރިއަށް މިގެންދަނީ މި ދާއިރާގައި ދުނިޔޭގެ 33 ގައުމެއްގައި ހަރަކާތްތެރިވާ އެންމެ ވަރުގަދަ ނެޓްވޯކް އޮތް ކުންފުންޏާ ގުޅިގެންނެވެ.
'ޕާލް ރެޒިޑެންސް ވިސާ' ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ޑައިވަސިފައި ނުވަތަ ސިންދަފާތު ކުރުމަށް ބޮޑު ބާރަކަށް ވާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. މިނިސްޓަރު ވިދާޅުވީ، "ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބްރޭންޑަކީ ޓޫރިޒަމަށް ބަލައިފި ނަމަ ރާއްޖެ. ރާއްޖޭގައި މިފަދަ ލޯންގް ސްޓޭ ނުވަތަ ދިގު މުއްދަތަކަށް ރެޒިޑެންސެއް ލޯންގް ރާމް ރެންޓަލްއެއްގައި ހުރެވޭނެ އިންތިޒާމު ހަމަޖައްސައިފި ނަމަ އެ ވާނެ ވަރަށް ބޮޑު ކުރިއެރުމެއް" ކަމަށެވެ.
މި ޕްރޮގްރާމަކީ ދުބާއީ ފަދަ ގައުމުތަކުގައި ހިންގާ 'ގޯލްޑަން ވިސާ' ޕްރޮގްރާމާ އެއްފަދަ، ނަމަވެސް ރާއްޖޭގެ ވަރުގަދަ ޓޫރިޒަމް ބްރޭންޑާ ގުޅުވައިގެން ކުރިއަށްގެންދާ ހާއްސަ މަސައްކަތެކެވެ. މީގެ ސަބަބުން ބޭރުގެ މުއްސަނދި އިންވެސްޓަރުން ރާއްޖޭގައި ދިގު މުއްދަތަކަށް މަޑުކުރުމަށް މަގުފަހިވެގެންދާނެއެވެ.
އިންވެސްޓަރުންގެ އިތުރުން، ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުކުރުމަށް ވެސް ސަރުކާރުން އަންނަނީ އާ ވިސާތަކެއް ތައާރަފުކުރަން ތައްޔާރުވަމުންނެވެ. އެގޮތުން، ރާއްޖޭގައި ތިބެގެން މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ 'ރިމޯޓް ވޯކިން ވިސާ' އާއި 'ކޮންޓެންޓް ކްރިއޭޓަރުން' ނަށް ހާއްސަ ވިސާއެއް ހިމެނޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
މި ބަދަލުތަކަކީ ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ހަނގުރާމަތަކާއި ގުޅިގެން ޓޫރިޒަމަށް އަތުވެދާނެ ލޮޅުންތަކުން ސަލާމަތްވުމަށާއި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ސްޓްރެޓީޖިކް ސިޔާސަތުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު