ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތްތައް ރާއްޖެއިން ބޭރަށް ފުޅާކުރުމުގެ ގޮތުން ސްރީލަންކާގައި ބްރާންޗެއް ހުޅުވުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް އެ ގައުމުގެ ސެންޓްރަލް ބޭންކަށް މިހާރު ހުށަހަޅާފައިވާ ކަމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ބްރާންޗެއް ހުޅުވުމަށްޓަކައި ބޭންކުގެ ރައުސުލްމާލު ވަރުގަދަވާންޖެހޭ ކަމަށާއި، ބީއެމްއެލްގެ ކެޕިޓަލް މިހާރު 16 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް ބޭރުގެ މާކެޓްތަކަށް ނުކުންނައިރު އެއަށްވުރެ ވެސް ރަނގަޅު މާލީ ހާލަތެއް ބޭނުންވާނެ ކަމަށެވެ. އެހެންނަމަވެސް، ލަންކާގައި ބްރާންޗެއް ހުޅުވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބޭންކުގެ މާލީ ކުރިއެރުމަށް ބަލާއިރު، 2025 ވަނަ އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
މިއީ ކުރީ އަހަރާ އަޅާބަލާއިރު %9.8 އިތުރު އަދަދެކެވެ. ބޭންކުގެ ޖުމްލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިދިޔަ އަހަރު އެކަނިވެސް ލޯނާއި ފައިނޭންސިންގެ ގޮތުގައި 10 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މި ވަރުގަދަ މާލީ ނަތީޖާއާއެކު ބޭންކުގެ ޚިދުމަތްތަކަށް އޮތް އިތުބާރު ބޮޑުވެ، ވޭތުވެދިޔަ އަހަރު 30,000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅިފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް ވަނީ %16 އިތުރުވެފައެވެ.
މިހާރުވެސް ރާއްޖޭގެ 18 އަތޮޅެއްގައި ބީއެމްއެލްގެ 42 ބްރާންޗާއި 179 ސެލްފް ސާވިސް ސެންޓަރު އަންނަނީ ހިންގަމުންނެވެ. ބޭންކުން ބޭރުގެ މާކެޓަށް ނުކުތުމަށް ކުރަމުން މިދާ މަސައްކަތަކީ ބޭންކުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު