އެޕިސޯޑް 24
...............
[އަޅާނުލައެއް ނުހުރެވޭނެ...އޭނައަކަށް ނުޖެހޭނެ މީސްމީހުން ލައްވާ ސުދާއަށް ގުޅުވާކަށް.] މުޢާޒު އައިސްފައިވާ ރުޅިއާއެކު ބާރަށް ގޮސް ކޮޓަރިން ނުކުމެ މޭޒުމަތީގައި ހުރި ފޯނު ނަގައިފިއެވެ. އޭރު ފަހަތުން އައިސް ސުދާވެސް އެތަނަށް ހުއްޓިއްޖެއެވެ. މުޢާޒު ފިރާޝާއަށް ގުޅިއެވެ. ނަޞީބު ދިމާކުރިގޮތުން ފޯނު ނެގީވެސް ފިރާޝާއެވެ.
[މޮޔަވެގެންތަ ފިރާޝާ ތިއުޅެނީ...އަދިވެސް އަހަރެންގެ ޙަޔާތުން ބީވާން ނޭނގިގެން ތިއުޅެނީ ކީއްވެގެންތަ؟ ހަނދާންކުރާތި...މީގެފަހުން ސުދާއަށް އެއްވެސް މީހަކު ލައްވާ ނުގުޅުވާތި....] މިހެން ބުނެފައި ފިރާޝާއަށް ވާހަކަ ދައްކަން ކުޑަވެސް ފުރްޞަތެއް ނުދީ މުޢާޒު ފޯނު ބޭއްވިއެވެ. އޭރު އަދި އަސްމާވެސް އެގޭގައި އިނެވެ.
[ކާކު ގުޅީ؟] ފިރާޝާ މާއަވަހަށް ފޯނު ބޭއްވުމުން އަސްމާއަށް ޝައްކުވިއެވެ.
[މުޢާޒު....ވަރަށް ރުޅިއައިސްފައި ހުރީ....ކީއްވެހޯ އޭނަގެ ޙަޔާތުން ބީވާން ނޭނގިގެން އުޅެނީ....] ފިރާޝާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ.
[ދެރަނުވޭ...ފަހުން އަދި އޭނަ ހަމަޔަކަށް އެޅޭނެ....ހިތްވަރުކުރޭ....] އަސްމާ ފިރާޝާއަށް ހިތްވަރު ދިނެވެ. އޭރު ފިރާޝާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.
[އަސްމާ....މުޢާޒުގެ ޚިޔާލު އަހަރެމެނަށް ބަދަލުކުރެވިދާނެތަ؟] ފިރާޝާ ރޮމުން ވާހަކަ ދެއްކިއެވެ.
[އާނ...ޔަޤީނެއްނު...ކަރީމްބެ ރަނގަޅަށް އެހީވެދީފިއްޔާ....އެއްވެސް ޝައްކެއްނެތް ކާމިޔާބުވާނެ.] ކަރީމްބެއަށް އޭނާ ކުރާ އިތުބާރު ބޮޑެވެ. އަސްމާ ދިން ހިތްވަރުން ފިރާޝާ ކޮންމެވެސްވަރަކަށް ހިތްހަމަޖެހުނެވެ.
[އަހަރެން އަންނާނަން ގެޔަށް ގޮސްފައި....ޓެކްސީއަކަށް ގުޅާލަބަލަ.] އަސްމާ ތެދުވިއެވެ. ފިރާޝާ ކާރަކަށް ގުޅިއެވެ. ގުޅިތާ ދެތިން މިނިޓްވެސް ނުވަނީސް ދޮރާށި ކައިރިން ކާރެއްގެ ބަރުގޮނުގެ އަޑު އިވުނެވެ. އަސްމާ ނުކުތެވެ. ދޮރުމަތީގައި ހުދު ކުލައިގެ ޓެކްސީއެއް އޮތެވެ. އަސްމާގެ ފަހަތުން ފިރާޝާވެސް ބޭރަށް ނުކުތެވެ.
[ދަނީ...މިރޭ އަންނާނަން....] އަސްމާ ކާރުގެ ފަހަތު ސީޓަށް އެރުމާއެކު ޑްރައިވަރު ކާރު ދުއްވާލިއެވެ. ދާންވީ ކޮންތާކަށްހޭވެސް އަހާލުމެއްނެތިއެވެ. ކާރުގެ މިޞްރާބު ހުރީ އާސަހަރާއާ ދިމާއަށެވެ. އެހެންކަމުން، އަސްމާއަކަށް ހިމޭނަކުން ނީނދެވުނެވެ.
[ޑްރައިވަރު ކޮންދިމާއަކަށްތަ ތިދަނީ؟] އަސްމާ އެހިއެވެ.
[ނުބުނަމެއްނު ދާންވާ ތަނެއް...އެހެންވެ މިރެއިން ފެށިގެން އަސްމާގެ ދާއިމީ މަންޒިލަށް މިގެންދަނީ....އެއީ...އާސަހަރާ (ގަބުރުސްތާނު).] އަސްމާއަށް ބިރުން ތެޅިގަނެވުނެވެ. ކާރު ދުއްވަން އިން މީހާ ވާހަކަ ދެއްކީ އަންހެން އަޑުންނެވެ. އެއީ ސުދާގެ އަޑެވެ.
[ސަހަރާޔަށޭ...ކާކުތީ؟] އަސްމާ ބިރުން ތުރުތުރުލާން ފަށައިފިއެވެ. ޑްރައިވަރު ކާރުގެ ދުވެލި ކުރިއަށްވުރެންވެސް ބާރުކުރިއެވެ. އަސްމާ ބިރުގަތެވެ.
[ކާކުތީ...މަޑުކުރޭ ކާރު....] އަސްމާ ހަޅޭއްލަވައިގަތެވެ. ނަމަވެސް، ކާރުގެ ދުވެއްޔެއް މަޑެއް ނުވެއެވެ. ދުވެލި ވިއްޔާވަނީ ބާރެވެ. މަގުމަތީގައިވާ ދުވެލިމަތަތަކަކަށްވެސް ބަލައިލުމެއް ނެތިއެވެ.
[އަހަންނަކީ ސުދާ....މިރޭ އަހަރެން ބުނީމެއްނު...އަހަރެންގެ ފުރިހަމަ ގަދަކަން ކަލެއަށް ދައްކާނަމޭ. މިހާރު މިއޮތީ އެވަގުތު އައިސް ޖެހިފައި.] ތެދެކެވެ. މިހާރު ކާރު ދުއްވަން އެއިނީ ފިރިހެން ޑްރައިވަރެއް ނޫނެވެ. އެއީ ސުދާއެވެ. ސުދާ އިނީ މީގެކުރިން ދުވަހަކުވެސް އަސްމާ ނުދެކޭފަދަ ސިފައެއްގައެވެ. މޫނުމަތިން ސުދާގެ ސިފަވިޔަސް، އުނަގަނޑުން ތިރިން އިންސާނުންނާ މުޅިން ތަފާތެވެ. އޭނާގެ އުނަގަނޑުން ތިރި ވައްތަރީ ބޮޑުމަހެއްގެ ނިގޫފަތްގަނޑާއެވެ.
[ނޫން...ތިއީ ސުދާއެއް ނޫން...ތީ އިންސާނެއްވެސް ނޫން. މަޑުކުރޭ....މަޑުކުރޭ....] އަސްމާ ރޮއިގެންފައި ބުންޏެވެ. އޭރު ކާރު އައިސް އާސަހަރާގެ ގޭޓުން ވަންނަނީއެވެ.
ގަޑީގެ ކަށި އެނބުރެމުން ގޮސް ބޮޑުކަށި ދިހަޔަކަށް އެރުމުން ފިރާޝާ އަސްމާމެންގެ ގެޔަށް ގުޅިއެވެ.
[ކޮބާ އަސްމާ....؟] އެކޮޅުން ފޯނު ނެގި އަސްމާގެ މަންމަ ނަޢީމާ ގާތު ފިރާޝާ އެއްސެވެ.
[ތިގެޔަކު ނޫންތަ އަސްމާ ހުރީ....މިއަދު ހަވީރު ދިޔަގޮތަކަށް އަދިއެއް ނާދޭ.] ނަޢީމް ބުންޏެވެ.
[އޭނ؟ ނާދެއޭ...ކާރަކަށް އަރައިގެން ދިޔަތާ ކޮންއިރެއް. ކޮންތާކަށްބާ ތި ދިޔައީ؟] ފިރާޝާ ވިސްނާލިއެވެ. އެގެ ނޫނީ އަސްމާ ގޮސް އުޅޭ ގެއެއް ހުރިތޯއެވެ. ނަމަވެސް، އޭނާއަކަށް ނުވިސްނުނެވެ.
[ނޭނގެ ހަވީރު މިގެއިން ނުކުތީ ތިގެއަށޭ ކިޔާފައި....އަހަރެންވެސް އޭނަގެ ޚަބަރެއް ނުވެގެން ގުޅަން ހިތަށް އަރައިގެން މިހުންނަނީ...ކީކޭތަ އައިމަ ބުނަންވީ؟] ނަޢީމާއަށް ފާރުގައި ހުރި ގަޑިއަށް ބަލައިލެވުނެވެ. ގަޑިން ދިހައެއްޖަހާ ބޮޑުވަނީއެވެ.
[ދިހައެއް ޖެހީދޯ؟ ކިހާއިރަކުތަ ތިގެއިން ނުކުތީ؟] ނަޢީމާ ކަންބޮޑުވިއެވެ. ދުވާލުގެ ވަގުތު ކިތަންމެ ގިނައިރުވަންދެން ބޭރުގައި އުޅުނަސް، ރޭގަނޑު އަށެއްގެ ފަހުން ދުވަހަކުވެސް އޭނާ ބޭރަށް ގޮހެއް ނޫޅެއެވެ.
[ހަތްގަޑިބައިވެސް ނުވާނެ...މިގެއިން ދިޔައިރަކު...އަދި ނާންނަނީތަ؟] ފިރާޝާ ބުންޏެވެ.
[އާނ...ހޯދަން ނުކުންނަންތާ ތިޖެހުނީ....ބާއްވަނީ.] ނަޢީމާ ފޯނު ބޭއްވިއެވެ. އޭރު އަދި އަސްމާގެ ބައްޕަ ފާއިޒުވެސް ގެޔަކަށް ނާދެއެވެ. ޢާންމުކޮށް އޭނާ ރޭގަނޑު ގެޔަށް އަންނާނީ އެގާރަޖަހާ އެހާކަންހާއިރުއެވެ. ކަންބޮޑުވެފައި ހުރި ނަޢީމާ ނުކުތީ ދޮރާށި ކައިރީ މަގުމައްޗަށެވެ. އެއީ ފާއިޒު އައިސް ގެޔަށް ވަންނަން ދިމާކުރި ވަގުތެވެ.
[ކޮންތާކުން ތިއައީ؟] މުޢާޒު ވާހަކަ ދެއްކީ ބޭރުން އައިސް ގެޔަށް ވަން ސުދާއާއެވެ.
[ރައްޓެހި ކުއްޖެއްގެ ގެޔަށް ގޮސްލާފައި މިއައީ.] ސުދާ ދޮގުހެދިއެވެ. މުޢާޒަށް ޝައްކެއްވެސް ނުކުރެވޭ ގޮތަށެވެ.
[ބުނެފައި ދިޔަނަމަ.] މުޢާޒު މޭޒުމަތީގައި އޮތް ހަފްތާ މަޖައްލާ [ފިޔެސް] ނަގައިގެން، އޭގެ ގަނޑުތައް އުކަން ފަށައިފިއެވެ.
[އޭނަ ގުޅީމަ...ވަރަށް ކުއްލިއަކަށް ދިޔައީ. އެއްފަހަރަށް މަޢާފްކޮށްދީ...ދެން މުޢާޒު ގާތު ބުނެފައި ނޫނީ ނުދާނަން.] ސުދާ މުޢާޒާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.
މަރުވެފައިވާ އަސްމާގެ ފުރާނަ ނެތް މަސްގަނޑު ފެނުނީ އާސަހަރާގެ މަހާނަތަކުގެ ތެރޭގައި އޮއްވައި ސަހަރާ ބަލަހައްޓާ މީހުންނަށެވެ. އޭރުވަނީ ފަތިސްވެ ހެނދުނުވާން ކައިރިވެފައެވެ. އެހެންކަމުން، ނިކަން އަވަހަށް އަސްމާ މަރުވެފައި (މަރާލާފައި) އޮއްވާ އާސަހަރާތެރޭން ފެނުނު ޚަބަރު މުޅި މާލެއަށް ފެތުރިއްޖެއެވެ.
އެ ޚަބަރު ލިބުމުން، އެންމެ ބޮޑަށް ދެރަވެ ރުއީ އަސްމާގެ ރަޙްމަތްތެރިޔާ ފިރާޝާއެވެ. ފިރާޝާއަށް ބޮޑުވަރުވީ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އަސްމާގެ ހަށިގަނޑު ފެނުނީމައެވެ. ކަރާއި މޫނާއި ބަނޑުގެ އެތަން މިތާނގައި ތޫނު ވަކިތަކަކުން ޒަޚަމްކޮށްފައި ވުމުގެ އިތުރަށް އެއްލޯވެސް ވަނީ ޗިސްކޮށްފައެވެ. މުޅި މީހާ އޮތީ ރަނގަޅަށް ލެއިން ކަޅިވެފައެވެ. މިޙާލުގައި އޮތް އަސްމާގެ ހަށިގަނޑު ފެނުމާއެކު ފިރާޝާ އަނބުރައިގަތެވެ.
އަސްމާގެ އަނިޔާވެރި މަރުގެ ޚަބަރު މުޢާޒަށް ލިބުނީ އެދުވަހު ހެނދުނު ދިހައެއްގެ ޓީ.ވީ ޚަބަރުންނެވެ. ދުރުގައި މުޢާޒަށް ނުފެންނަ ހިސާބުގައި ޓީ.ވީ އަށް ނަޒަރު ހުއްޓައިގެން ހިނިއައިސްފައި ސުދާ ހުއްޓެވެ. ކާމިޔާބާ ދޭތެރޭ ފަޚްރުވެރިވެފައެވެ. އޭރު މުޢާޒުގެ ކައިރީގައި ޚަބަރު ބަލަން އޭނާގެ ބައްޕަވެސް އިނެވެ.
[ތި ޤާތިލް ހޯދޭނެބާ...ތި މީހަކު ހޯދިއްޖެއްޔާ، މަރުނޫން ޙުކުމެއް އޭނައަށް އިއްވާނެ ކަމެއްނެތް. މިދުނިޔޭން އޭނައަށް ފުރްޞަތު ދީފިއްޔާ....އެފަދަ ކިތަންމެ މަރެއް އަދި އޭނަގެ ފުށުން އަންނާނެ.] ޒަކީ އަސްމާގެ ޤާތިލަށް އޭނައަށް ފެންނަ ޙުކުމް އިއްވިއެވެ. އެއީ ރާއްޖޭގެވެސް ގިނަ ރައްޔިތުން އެދޭ ގޮތެވެ. އެމީހަކު އެނގިއްޖެއްޔާ، އެމީހަކު މެރުން ނޫން ގޮތެއް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ.
[ބައްޕަ ތިބުނީ ރަނގަޅަށް...އެކަހަލަ އަނިޔާވެރިން ޤަތުލުކޮށްލަންވީ....] މުޢާޒުގެ މިޖުމްލައާއެކު ސުދާއަށް ތެޅިގަނެވުނެވެ. މާދުރުގައި ޓީ.ވީ ބަލަންހުރި ސުދާ މުޢާޒަށް ފެނުނީ އެވަގުތުއެވެ.
[ސުދާ އައިސްބަލަ.] މުޢާޒު ސުދާއަށް ހަނާއެޅިއެވެ. ސުދާ މަޑުމަޑުން ހިނގާފައި އައިސް މުޢާޒު ގާތަށް ހުއްޓުނެވެ.
[ޓީ.ވީ ޚަބަރު ބެލިންތަ؟] މުޢާޒު އެއްސެވެ. ސުދާ ބޯޖަހާލިއެވެ.
[އަނިޔާވެރިންވެސް އުޅޭދޯ މާލޭގައި.] ސުދާވެސް މުޢާޒާ އެއްބައިވެލިއެވެ.
އަސްމާގެ މަރުގެ ސަބަބުން ރަށުގެ އެތައް ބައެއްގެ ހަމްދަރުދީ އަސްމާގެ ޢާއިލާއަށް ލިބުނު ކަމުގައިވިޔަސް، އެ ޢާއިލާގެ ހިތްދަތި ކަމަކަށް ލުޔެއް ނުލިބެއެވެ. އެއީ އެޢާއިލާގައި ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ.
އޭގެފަހުން ހަފްތާއެއް ފާއިތުވެ ދިޔައިރުވެސް ފިރާޝާ ހަމަޔަކަށް ނޭޅެއެވެ. އޭނާ އަސްމާގެ ހަނދާންތައް އާކޮށްކޮށްފައި ރޮއިހަދައެވެ. އޭނާގެ މަންމަ ހިތްވަރާއި ނަޞޭޙަތްދޭއިރުވެސް މެއެވެ.
[މަންމަމެން ކިތަންމެ ހިތްވަރު ދިނަސް އެއީ އަހަންނަށް ހާދަ ހެޔޮއެދޭ ރަޙްމަތްތެރިއެކޭ. ކިހިނެއްތަ...މަންމަމެން ހީކުރާހާ ފަސޭހައިން އެކަހަލަ ހެޔޮއެދޭ ރަޙްމަތްތެރިއެއްގެ ހަނދާންތަކާ ދުރަށް ދެވޭނީ.] ފިރާޝާގެ ލޯ ފެންކަޅިވެއްޖެއެވެ.
[މަންމައަށްވެސް އިޙްސާސް ކުރެވޭ...ދަރިފުޅު ދެރަވާނެވަރު. އެކަމަކު ދަރިފުޅަށްވެސް ހިތްވަރު ކުރެވިދާނެއެއްނު.] މަންމަ ފިރާޝާގެ ބޮލުގައި އަތް ކާއްތާލިއެވެ. ފިރާޝާ ހިތާމަތައް ފޮރުވުމަށްޓަކައި ކަރުނަތައް އެތެރެއަށް ހިންދޭތޯ މަސައްކަތް ކުރިއެވެ.
ދުވަސްތައް މިގޮތުގައި ފާއިތުވަމުން ގޮސް އަސްމާ މަރުވިތާ އެއްމަސް ފާއިތުވެއްޖެއެވެ. މިހާރު އަސްމާގެ ހަނދާންތަކާ ދުރުވެ، ފިރާޝާ ކޮންމެވެސްވަރަކަށް ހަމަޔަކަށް އެޅިއްޖެއެވެ.
ނަމަވެސް އަސްމާގެ ވަކިވުމުން އޭނާގެ އުންމީދުތަކަކަށް ވަނީ ހިޔަނި އެޅިފައެވެ. އޭނާއާއި އަސްމާ ގުޅިގެން ކުރަން ފަށާފައިވާ ކަންތައްތަކެއް ބަންދުވީއެވެ. އެކަނިމާއެކަނި ގޮސް ކަރީމްބެއާ ބައްދަލުކުރަން އޭނާ ލަދުގަނެއެވެ. ކަމުގެ ބާވަތުންނެވެ.
އެދުވަހު ނިކަން ގިނަ ގޮތްގޮތަށް ވިސްނުމަށްފަހު، ލަދުވެތިކަން ކަޝްފުކޮށް ކަރީމްބެއާ ބައްދަލުކުރުމަށް އޭނާ ނިންމިއެވެ. މިއަދު އެނޫން ގޮތެއް އޭނާއަކަށް ނެތެވެ. އޭނާ އަލުން މުޢާޒުގެ ޙަޔާތަށް އަންނަން ބޭނުމިއްޔާ ކުރެވެންހުރި ހުރިހާ މަސައްކަތެއްވެސް ކުރަން އެބަޖެހެއެވެ. އެހެންކަމުން، އެދުވަހު ވަރަށްގިނައިރު ވަންދެން ވިސްނުމަށްފަހު، ފިރާޝާ ކަރީމްބެއާ ބައްދަލުކުރުމަށްޓަކައި ހިނގައިގެންފިއެވެ.
[ކޮންތާކަށް!؟] މުޢާޒު ވާހަކަ ދެއްކީ ޢުބޭދާއެވެ. އެދެމީހުން ދިމާވީ މަސްމާރުކޭޓާ ދިމާ ބަނދަރުމަތިންނެވެ.
[މަހެއް ގަނެލަން ކަމަށް މިއުޅެނީ...މުޢާޒޯ؟] މުޢާޒަށް ޖަވާބު ދިނުމަށްފަހު، ޢުބޭދުވެސް އެހިއެވެ.
[އަހަރެންވެސް ކުޑަކޮށް ބާޒާރު ކޮށްލަން ކަމަށް މިއުޅެނީ...މިއަދު މަހުގެ އަގުތައް ހުރީ ކިހިނެއްބާ؟] މުޢާޒު މަސްމާރުކޭޓާ ދިމާއަށް ހިނގައިގެންފިއެވެ.
[ވަދެލަމާ....މިއަދު މަސް އެބައޮތެއްނު. ހީވަނީ ސަހަލު އަގެއްގައި ލިބިދާނެހެން.] ތެދެކެވެ. މާރުކޭޓްތެރޭ އެކަންޏަކު ނޫނެވެ. މާރުކޭޓާ ދިމާ މަގުމަތިވެސް މަސްތައް އަތުރާފައި ހުއްޓެވެ. މުޢާޒާއި ޢުބޭދު ފަޓްލޫނު ދެތިންފަށަށް އޮޅާލުމަށްފަހު މާރުކޭޓްގެ ތެރެއަށް ވަނެވެ.
[ދިހަރުފިޔާ، ތިރީސް ރުފިޔާ، ފަނަރަ ރުފިޔާ.] މަސްކެޔޮޅެއްގެ ގާތު އަގު އަހާލީމާ، އެއްފަހަރާ ތިން ދިމާއަކަށް އިޝާރާތްކޮށް ކެޔޮޅުމީހާ އަގުކިޔެވެ.
[ދެމަސް ފަންސަވީހަށް ނަގާބަލަ.] ޢުބޭދުމެން ހިނގައިގަތުމުން، ކެޔޮޅު ގޮވާފައި މަޑުމަޑުން ބުންޏެވެ. އެތެރެއަށް ވަންނަ ވަރަކަށް މަހުގެ އަގު އައީ ހެޔޮވަމުންނެވެ. އެމީހުން އެދުވަހު ގެޔަށް ދިޔައީ ކުރިން ތިރީސް ރުފިޔާއަށްވީ މަސް ވިހި ރުފިޔާއަށް ގަނެގެނެވެ.
ދުވަސްތަކަކަށްފަހު، މުޢާޒަށް ފިރާޝާ ފެނުނީ އެދުވަހު މަސްގަނެގެން ގެއަށް އައި މަގުމަތީގައެވެ. ފުރަތަމަ ފިރާޝާ ފެނުނީ ޢުބޭދަށެވެ. މުޢާޒަށް ދެއްކީ ޢުބޭދުއެވެ.
[ފިރާޝާ މިހާރު މާ ރީއްޗޭދޯ؟] ޢުބޭދު މުޢާޒާ ދިމާކުރާފަދަ ގޮތަކަށް ބުންޏެވެ.
[އޮފެއް ހުއްޓަސް...އަހަރެންގެ ކުރިމަތީގައި އެއްވެސް އަގެއް ނެތް މީހެއް އެއީ.] ނަފްރަތުގެ ބެލުމަކުން ފިރާޝާއަށް ބަލަން ހުރެފައި މުޢާޒު ހަމައެކަނި ޢުބޭދަށް އިވޭވަރަށް ބުންޏެވެ.
[ތިހެން ނުބުނޭ މުޢާޒު....އިރެއްގައި ގޮތްގޮތަށް އުޅުނަސް، މިހާރު އޭނަ އެވަނީ ބަދަލުވެފައި....މިހާރު އެއީ މުޅިން އެހެން މީހެއް. މިބުނީ ކޮންމެހެން ސުދާ ވަރިކޮށްފައި، އަލުން ފިރާޝާއާ ގުޅޭށެކޭ ނޫން.] އޭރުވެސް ފިރާޝާ ހުއްޓި މުޢާޒުމެނާ ދިމާއަށް ނަޒަރު ހުއްޓައިގެން ހުއްޓެވެ. އެކަން އެނގުމުން މުޢާޒު ސައިކަލް ކުރިޔަށް ދުއްވާލިއެވެ. ފިރާޝާވެސް ކުރިޔަށް ހިނގައިގަތެވެ.
[މުޢާޒު ބުނަން....ތިގޮތަށް އަބަދު ރުޅިއައިސްފައި ތިބޭކަށް ނުވާނެ. ދެން އެއީ މާކުރީގެ ކަމެއްނު. މިހާރު ފިރާޝާއާ ވާހަކަވެސް ދައްކަންވާނެ.] ޢުބޭދު މުޢާޒަށް ނަޞޭޙަތްތެރިވިއެވެ.
[އަހަންނަކަށް ތި ހިތްވަރެއް ނުކުރެވޭނެ. ކިހިނެއްތަ އަހަރެން ހަނދާން ނައްތާލާނީ....ފުރަތަމަ އަހަންނާ އިނީ އޮޅުވާލައިގެން. ކައިވެނީގެ ފަހުންވެސް އިޞްލާޙުވީކީ ނޫން.] މުޢާޒުގެ ހިތް ކުޑަކޮށްވެސް ބަދަލުވެފައިވާހެނެއް ހިއެއްނުވެއެވެ.
[އެއްވެސް އަންހެނަކު ހުރިހާ ގޮތަކުން ފިޓެއް ނުވާނެ...ކޮންމެ ގޮތަކަށް އުޅުނަސް ފިރާޝާ ކިހާ ގެވެހި.] ޢުބޭދު ދެންވެސް ފިރާޝާ ދިފާޢު ކުރިއެވެ. އެހެންވެ މުޢާޒު ގާތަށް ކޮންމެވެސްވަރަކަށް ރުޅިއައެވެ. ޢުބޭދު އެ މަޢުޟޫޢު މެދުކަނޑާލީ އޭނާއަށް އެކަން އިޙްސާސްވީމައެވެ. އެހެންވެ އޭނާ ދަނީއޭ ބުނެފައި، ގެޔާ ދިމާއަށް ސައިކަލް ދުއްވާލިއެވެ.
ފިރާޝާއަށް ކަރީމްބެގެ ގެޔާ ހަމައަށް ދެވުނުއިރު، ކަރީމްބެ މިސްކިތަށް ދިޔުމަށްޓަކައި ގެއިން ނުކުންނަނީއެވެ.
[ކަރީމްބޭ....] ކަރީމްބެއާ އަރާހަމަކޮށް، ލަދުންހުރެ ފިރާޝާ ގޮވާލިއެވެ. ކަރީމްބެ ހުއްޓުނެވެ. ނަމަވެސް، ކަރީމްބެއަކަށް ފިރާޝާއެއް ނޭނގުނެވެ.
[ކޮން ކުއްޖެއްތީ!؟] ކަރީމްބެ ވިސްނާލިއެވެ. ފިރާޝާ އޭނާއަކީ ކާކުކަމާއި، ކުރިން އަސްމާއާއެކު އެގެޔަށް އައިކަން ކަރީމްބެއަށް ކިޔައިދީ ހަނދާންކޮށްދިނެވެ. އެހާހިސާބުން ކަރީމްބެ ހަނދާންވިއެވެ.
[އަލުން ބަލަން ޖެހޭނީ. މިހާރު ކަރީމްބެ މިދަނީ މިސްކިތަށް. މިސްކިތުން ފައިބާހާއިރުކޮށްފައި އާދޭ. އެއްވެސް މައްސަލައެއްނެތި ކޮށްދޭނަން.] ކަރީމްބެ މިސްކިތަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ. ކަރީމްބެ ހިނގައިގަތުމުން، މާޔޫސްވެފައި ހުރެ ފިރާޝާގެ ގެޔަށް ދިޔުމަށްޓަކައި މިޞްރާބު ޖެހިއެވެ. ކަރީމްބެ މިސްކިތުން އަންނަންވާއިރަށް އައުމަށް ނިންމައިގެނެވެ. އޭނާގެ ހުރިހާވެސް ހިތްވަރަކީ މިހާރު ކަރީމްބެއެވެ. މިހާރު ކިތަންމެ ނުރުހުނަސް، މުޢާޒު ރުއްސޭތޯ ކަރީމްބެ މަސައްކަތް ކޮށްދޭނެއެވެ. ކަރީމްބެ ވަނީ އެޔަޤީންކަން އޭނައަށް ދީފައެވެ.
ފިރާޝާ ގެޔަށް އައިއިރު، ދަރިފުޅު އަޒްހާން އުޅެނީ މުޢާޒަށް ގުޅައިގެނެވެ. ކައިރީގައި ފިރާޝާގެ ކޮއްކޮ ނާދިޔާވެސް ހުއްޓެވެ.
[ބައްޕީ...މަންމީ އަތުވެއްޖެ....މަންމީ އަތަށްދެނީ.] ފިރާޝާ ވަނުމާއެކު، އަޒްހާން ފިރާޝާ އަތަށް ފޯނު ދިނެވެ. ފިރާޝާ ނިކަން ޖެހިލުންވެފައި ހުރެ ފޯނު ކަންފަތުގައި ޖައްސާލިއެވެ.
[މުޢާޒު....ކިހިނެއް...އަސްމާ މަރުވިކަން ދެނަހުރިންތަ؟] އަޒްހާން ގާތުގައި ހުރުމުން ފިރާޝާ ދަރިފުޅުގެ އުފަލަށްޓަކައި ކޮންމެވެސް ވާހަކައެއް ފެށިއެވެ. އޭރު މުޢާޒު ފޯނު ބާއްވައިފިއެވެ. ނަމަވެސް، އެކަން ދަރިފުޅަށް އަންގާކަށް އޭނާ ބޭނުމެއް ނޫނެވެ.
[އެންމެފަހުން މިގެޔަށް އައި ދުވަހުވެސް ދިމާނުވިދޯ އަހަންނާ. މިހާރު ދެން މިގޭގައި އުޅެން ވަރަށް ފޫހިވެސްވޭ....] ފިރާޝާ ލޮލުގެ ކުޑަކޮޅުން ދަރިފުޅަށް ބަލައިލަމުން ހުސް ފޯނުން ވާހަކަ ދެއްކިއެވެ. ކުޑަކުޑަ އަޒްހާން އުފަލުން ހިނިއައިސްފައި ހުއްޓެވެ.
[މަންމީ ދެން ގެނޭ ކޮއްކޮ ވާހަކަ ދައްކަން.] އަޒްހާން އަނެއްކާވެސް ފޯނު ހޯދަން އުޅުނެވެ. ފިރާޝާ އަވަސް އަވަހަށް ފޯނު ބޭއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު