ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިއްސާގެ ބާޒާރު އިތުރަށް ހަރުދަނާކޮށް، އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން ބޭންކުގެ ހިއްސާގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ ބޭންކުގެ ބޯޑުން ނިންމައިފިއެވެ.
މި ބަދަލުތައް ގެނައުމަށް ބޯޑުން މިހާރު ވަނީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމާފައެވެ.
ބޭންކުން ނިންމާފައިވާ އެންމެ މުހިންމު އެއް ބަދަލަކީ ބޯނަސް ހިއްސާ ދޫކުރުމެވެ. މި ގޮތުން، 18 މާރިޗު 2026 އާ ހަމަޔަށް (ރެކޯޑް ޑޭޓް) ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ތިބޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ އަތުގައި ހުރި މޫނުމަތީ އަގުގެ 50 ރުފިޔާގެ ކޮންމެ 1 ހިއްސާއަކަށް 2 ބޯނަސް ހިއްސާ ދޫކުރުމަށް ވަނީ ހުށަހަޅާފައެވެ. ބޯނަސް ހިއްސާ ދޫކުރުމަކީ މިހާރު ތިބި ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ނިސްބަތަށް ބަލައި އެއްވެސް އިތުރު އަގަކާ ނުލައި ދޫކުރެވޭ ހިއްސާއެކެވެ. މިސާލަކަށް، މިހާރު 100 ހިއްސާ އޮތް ފަރާތަކަށް އިތުރު 200 ހިއްސާ ލިބި، ޖުމްލަ ހިއްސާގެ އަދަދު 300 އަށް އިތުރުވާނެއެވެ.
މީގެ އިތުރުން، ބޭންކުން ވަނީ 1 އިޒްޓު 10 (1:10) ރޭޝިއޯ އިން ހިއްސާ ބައިކުރުމަށްވެސް ނިންމާފައެވެ. ހިއްސާ ބައިކުރުމަކީ ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުކޮށް، ހިއްސާއަކަށް ޖެހޭ އަގު ދަށްކުރުމެވެ. މި ބަދަލާއެކު، ބޯނަސް ހިއްސާއާއެކު މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބަޔަށް ބައިކުރެވިގެންދާނެއެވެ. އެހެންކަމުން، މިހާރު 100 ހިއްސާ އޮންނަ މީހެއްގެ ޖުމްލަ ހިއްސާގެ އަދަދު 3,000 އަށް ބަދަލުވެގެންދާނެއެވެ.
މި ބަދަލާއެކު، ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން 5 ރުފިޔާއަށް ކުޑަވާނެއެވެ. ނަމަވެސް، މީގެ ސަބަބުން ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ޖުމްލަ އަގަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.
ބޭންކުން ހިއްސާ ބައިކުރުމަށް ނިންމި މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ، އިންވެސްޓަރުންނަށް ބޭންކުގެ ހިއްސާ ކުޑަ އަގެއްގައި ހޯދުމަށް މަގުފަހިކޮށްދިނުމާއި، ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުމެވެ.
އަދި ހަމަ އެއާއެކު މާކެޓް ލިކުއިޑިޓީ އާއި ހިއްސާގެ ބާޒާރުގެ ހަރަކާތްތަކަށް މަގު ފަހިކޮށްދިނުމުގެ އިތުރުން މުސްތަގުބަލުގައި އިތުރު ހިއްސާ ދޫކުރަން ނިންމައިފި ހާލަތެއްގައި އެކަމަށް ފުރިހަމައަށް ތައްޔާރުވުމަކީވެސް މި ބަދަލުތައް ގެނައުމުގެ މަގްސަދެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އިން ގަބޫލުކުރާ ގޮތުގައި، ހިއްސާގެ އަގު ކުޑަވުމާއެކު މާކެޓުގައި އިންވެސްޓަރުން ބައިވެރިވުމަށް އިތުރު ހިތްވަރަކަށް ވެ، ހިއްސާގެ ވިޔަފާރިކުރުން ނުވަތަ ޓްރޭޑިންގ ހަރަކާތްތައް މިހާރަށްވުރެ ހަލުވިވެގެންދާނެއެވެ. މި ބަދަލަކީ ބޭންކުގެ ހިއްސާގެ ބާޒާރުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބޭންކުން ސިފަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު