ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ މުހިންމު ނިންމުންތަކެއް ނިންމުމަށް އެ ބޭންކުން އިއުލާންކޮށްފިއެވެ.
ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް، ހިއްސާގެ ބާޒާރުގައި ބޭންކުގެ ހިއްސާގެ އަގު އަތްފޯރާފަށަށް ގެނައުމަށްޓަކައި ބޭންކުގެ ބޯޑުން ވަނީ މުހިންމު ހުށަހެޅުންތަކެއް ތައްޔާރުކޮށްފައެވެ.
އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާ މުހިންމު ކަންތައްތައް:
ކުރިއަށް އޮތް ޖަލްސާގައި ހިއްސާދާރުންގެ ވޯޓަށް އެހުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ:
- ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 60 ރުފިޔާ ބެހުން ބޯނަސް ހިއްސާ ދޫކުރުން.
- އަތުގައި އޮތް ކޮންމެ 1 ހިއްސާއަކަށް އިތުރު 2 ހިއްސާ ދޫކުރުން.
- 1:10 ރޭޝިއޯއިން ހިއްސާ ބައިކުރުން.
މި ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ ބޭންކުގެ ކެޕިޓަލް ވަރުގަދަކުރުމާއި، މާކެޓް ލިކުއިޑިޓީ ރަނގަޅުކުރުމުގެ އިތުރުން، ގިނަ އިންވެސްޓަރުންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ ބޭންކުގެ ވެލުއޭޝަނަށް ހެޔޮ ބަދަލެއް ގެނައުމެވެ.
ބޯނަސް ހިއްސާ ދޫކުރުމާއި އޭގެ ފައިދާ:
ބޯނަސް ހިއްސާ ދޫކުރުމަކީ މިހާރު ތިބި ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ނިސްބަތަށް ބަލައި، އެއްވެސް އަގަކާ ނުލައި އިތުރު ހިއްސާ ބެހުމެވެ. މިގޮތުން، މިހާރު އަތުގައި އޮތް ކޮންމެ 1 ހިއްސާއަކަށް، ހިއްސާގެ މޫނުމަތީ އަގުގައި އިތުރު 2 ހިއްސާ ހިއްސާދާރުންނަށް ލިބޭނެއެވެ. މީގެ ސަބަބުން ބޭންކުގެ ދޫކޮށްފައިވާ ހިއްސާގެ ރައުސްމާލު ތިން ގުނައަށް އިތުރުވެގެންދާނެއެވެ. މިކަމަށް ބޭނުންވާ ފައިސާ ހަމަޖައްސާނީ ބޭންކުގެ ރިޓެއިންޑް އާނިންގްސް (ބަހާފައިނުވާ ފައިދާ) އިން ހިއްސާގެ ރައުސްމާލަށް ބަދަލުކޮށްގެންނެވެ.
1:10 ރޭޝިއޯއިން ހިއްސާ ބައިކުރުން
ހިއްސާ ބައިކުރުމަކީ ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުކޮށް، ހިއްސާގެ އަގު ދަށްކޮށްދޭ ކަމެކެވެ. މި ބަދަލާއެކު:
- ބޯނަސް ހިއްސާއާއެކު މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބަޔަށްބައިކުރެވޭނެއެވެ.
- ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން 5 ރުފިޔާއަށް ކުޑަވާނެއެވެ.
- ނަމަވެސް، މީގެ ސަބަބުން ހިއްސާދާރުންގެ އިންވެސްޓްމެންޓުގެ ޖުމްލަ އަދަދަކަށް ބަދަލެއް ނާންނާނެއެވެ.
މިކަމުގެ ސަބަބުން އިންވެސްޓަރުންނަށް ބޭންކުގެ ހިއްސާ ކުޑަ އަގެއްގައި ހޯދުމަށް މަގުފަހިވެ، ހިއްސާގެ ބާޒާރުގެ ހަރަކާތްތައް އިތުރުވެގެންދާނެއެވެ.
ބަދަލު އަންނާނެ ގޮތުގެ މިސާލެއް:
މިހާރު 100 ހިއްސާ އޮތް ފަރާތެއް ނަމަ، ފުރަތަމަ މަރުހަލާގައި ބޯނަސް ހިއްސާގެ ގޮތުގައި އިތުރު 200 ހިއްސާ ލިބި، ޖުމްލަ 300 ހިއްސާއަށް އިތުރުވާނެއެވެ. ދެވަނަ މަރުހަލާގައި 1:10 ރޭޝިއޯއިން ހިއްސާ ބައިކުރުމުން، ކޮންމެ ހިއްސާއަކީ 10 ހިއްސާއަށް ވެ، ޖުމްލަ ހިއްސާގެ އަދަދު 3,000 އަށް ބަދަލުވާނެއެވެ.
މިލްކުވެރިކަމާއި ވެލިއު:
ހިއްސާ ބައިކުރުމުން ހިއްސާގެ ޖުމްލަ އަގު ދަށެއް ނުވާނެއެވެ. އަދި ހިއްސާދާރުންގެ ބޭންކުގެ މިލްކިއްޔާތުގެ މިންވަރަކަށް ވެސް އެއްވެސް ބަދަލެއް ނާންނާނެއެވެ. ހިއްސާ ބައިކުރުމަށްފަހު ހިއްސާއެއްގެ މޫނުމަތީ އަގު 5 ރުފިޔާއަށް ބަދަލުވާއިރު، ހިއްސާގެ ބުކް ވެލިއު ވެސް އެ ނިސްބަތުން ބަދަލުވާނެއެވެ. މިސާލަކަށް، މިހާރު ހުރި 1 ހިއްސާގެ ބުކް ވެލިއު 3,047.7 ރުފިޔާގައި ހުރިނަމަ، ބޯނަސް ހިއްސާ އާއި ހިއްސާ ބައިކުރުމުގެ މަރުހަލާތަކަށްފަހު، ކޮންމެ ހިއްސާއެއްގެ ބުކް ވެލިއު ބަދަލުވާނީ 101.59 ރުފިޔާއަށެވެ.
މުހިންމު ތާރީޚުތަކާއި މަރުހަލާތައް:
މި ކަންކަމުގެ ރެކޯޑު ޑޭޓަކީ 18 މާރިޗު 2026 އެވެ. މި ތާރީޚާ ހަމައަށް ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް ބޯނަސް ހިއްސާ އާއި ހިއްސާގެ ފައިދާ ލިބޭނެއެވެ. އަހަރީ އާންމު ޖަލްސާއިން މިކަންކަން ފާސްކުރުމުން، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ މަރުހަލާތައް ނިންމައި، ގިނަވެގެން ސަރުކާރު ބަންދުނޫން 21 ދުވަހުގެ ތެރޭގައި ހިއްސާދާރުންގެ އެކައުންޓްތަކަށް ހިއްސާ ޖަމާކޮށް ނިންމުމަށް ބޭންކުން ވަނީ އަމާޒު ހިފާފައެވެ.
އިތުރު މައުލޫމާތު ބޭނުންފުޅުވާ ހިއްސާދާރުން ބޭންކުގެ ކޯޕަރޭޓް އެފެއާޒް ޑިޕާޓްމެންޓުގެ ނަންބަރު 3330192 ނުވަތަ 3330195 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ބޭންކުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު