ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމާ މެދު އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، ދައުލަތުގެ އެންމެ ފަހުގެ ދިފާއީ ބާރަކީ ރައްޔިތުން ކަމަށް ގާނޫނީ ވަކީލު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރާއި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވެސް ބައިވެރިވެވަޑައިގެންނެވި ގާނޫނީ ދާއިރާގެ އިސް ބޭފުޅުންގެ ބަހުސްގައި އަލީ ޙުސައިން ރޭ ވަނީ ދެ އިންތިޚާބު އެއްކޮށްލުމުން ނުކުމެދާނެ ނޭދެވޭ ނަތީޖާތަކާ މެދު ވަރަށް ބޮޑަށް އިންޒާރު ދެއްވާފައެވެ. އެގޮތުން އަލީ ޙުސައިން ވިދާޅުވީ، ދެ އިންތިޚާބު އެކުއެކީގައި ބާއްވައިފި ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބާރު މަޖިލީހަށް ގެއްލިގެންދާނެ ކަމަށެވެ.
"ދައުލަތުގެ ބެކަޕް ސިސްޓަމަކީ ވެސް އަދި ލާސްޓް ލައިން އޮފް ޑިފެންސަކީ ވެސް ސީދާ ދިވެހި ރައްޔިތުން." ޢަލީ ވިދާޅުވިއެވެ.
އެހެންކަމުން ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ރައްޔިތުންނަށް ވޯޓުލާން ލިބޭ ފުރުސަތުތައް މަދުކުރުމުގެ ބަދަލުގައި، އެ ފުރުސަތުތައް ގިނަކޮށް ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަކީ ޑިމޮކްރަސީއެއްގައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ރާއްޖޭގެ މުއައްސަސާތަކުގެ މިހާރުގެ ހާލަތާ މެދު އަލީ ޙުސައިން ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގުތައް އެކަށީގެންވާ ގޮތެއްގައި ނުހިނގާ ކަމަށާއި، ފުލުހުންގެ މުއައްސަސާއަށް ވެސް އިންސާފު ގާއިމުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެރިކަން ލިބުމާއެކު ޝަރުއީ ދާއިރާ ނުވަތަ ޖުޑިޝަރީ "ހައިޖެކް" ކުރެވިގެންދާކަމީ އެންމެން ދަންނަ ހަގީގަތެއް ކަމަށް ވިދާޅުވެ، ބާރުތައް ވަކިވެފައި އޮތުމުގެ މުހިންމުކަން އޭނާ ތަފްސީލު ކޮށްދެއްވިއެވެ.
ޢަލީ ޙުސައިން މިހެން ވިދާޅުވެފައިވާއިރު މައި ދެ އިންތިޚާބު އެއްކޮށްލުމަށްޓަކައި އަންނަ މަހުގެ 4 ވަނަ ދުވަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު