މެދުއިރުމަތީގައި އިރާނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގައި، އިސްރާއީލުގެ ދިފާއުގައި އަސްކަރީ ގޮތުން ނުކުތުމަށް ތައްޔާރަށް އޮތްކަން ޔުގެންޑާގެ އާމީ ޗީފް ޖެނެރަލް މުހޫޒީ ކައިނޭރުގާބާ ހާމަކުރައްވައިފިއެވެ.

ޔުގެންޑާގެ ރައީސް ޔޮވެރީ މުސެވެނީގެ ދަރިކަލުން، ޖެނެރަލް މުހޫޒީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމަ މިހާރުން މިހާރަށް ނިމުމަކަށް އަންނަން ދުނިޔެ އެދޭ ކަމަށާއި، މުޅި ދުނިޔެ މިހާރު އޮތީ އެކަމުން ވަރުބަލިވެފައި ކަމަށެވެ.

ނަމަވެސް، އިސްރާއީލު ބަލިކޮށްލުމަށް ނުވަތަ އެ ގައުމު ފަނާކޮށްލުމަށް ދެކެވޭ އެއްވެސް ވާހަކައެއްގެ ސަބަބުން ޔުގެންޑާ މި ހަނގުރާމައިގެ ތެރެއަށް ވަންނަން މަޖުބޫރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ހާލަތެއްގައި ޔުގެންޑާގެ އަސްކަރިއްޔާ އޮންނާނީ ސީދާ އިސްރާއީލުގެ ފަޅީގައި ކަންވެސް ޖެނެރަލް މުހޫޒީ ވަނީ ސާފުކޮށްދެއްވާފައެވެ.

މިއީ އެފްރިކާގެ ގައުމެއްގެ އިސް އަސްކަރީ ވެރިއަކު މި މައްސަލައިގައި އިސްރާއީލަށް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ތާއީދުކުރެއްވި ފުރަތަމަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް