އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް "ނޯ ކިންގްސް" ގެ ނަމުގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، މި އަންނަ ހޮނިހިރު ދުވަހު ބޮޑެތި އެއްވުންތަކެއް ބޭއްވުމަށް ވަނީ ތައްޔާރުވެފައެވެ.
މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެމެރިކާގެ ހުރިހާ ސްޓޭޓެއް ހިމެނޭ ގޮތަށް 3,200 އަށް ވުރެ ގިނަ ސަރަހައްދުގައި އެއްވުންތައް ބޭއްވުމަށް ވަނީ ރޭވިފައެވެ.
މިއީ އެމެރިކާގެ ތާރީޚުގައި ވެސް އެއް ދުވަހެއްގެ ތެރޭގައި ބާއްވާ އެންމެ ބޮޑު ސުލްހަވެރި އިހުތިޖާޖަށް ވެގެންދާނެ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން އުންމީދު ކުރެއެވެ.
މި ހަރަކާތުގެ މައި އެއްވުންތައް ނިއުޔޯކް، ލޮސް އެންޖެލިސް، ވޮޝިންޓަން ޑީސީ އަދި މިނެސޯޓާގެ ޓްވިން ސިޓީސްގައި ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް، މިފަހަރުގެ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންނަކީ ބޮޑެތި ސިޓީތަކުން ބޭރުގައި ދިރިއުޅޭ މީހުން ކަމަށް ލަފާކުރެވެއެވެ.
މިއީ މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި ފުރަތަމަ މުޒާހަރާއާ އަޅާބަލާއިރު، ކުދި އަވަށްތަކުން ބައިވެރިވާ މީހުންގެ އަދަދު 40 އިންސައްތަ އިތުރުވުމެކެވެ.
"އިންޑިވިޒިބަލް" ގްރޫޕުގެ ކޯ ފައުންޑާ ލިއާ ގްރީންބާގް ވިދާޅުވީ، މި ހޮނިހިރު ދުވަހުގެ މުޒާހަރާގެ އެންމެ މުހިންމު ކަމަކީ ހަމައެކަނި ބައިވެރިންގެ އަދަދު ނޫން ކަމަށާއި، މުޒާހަރާ ކުރިއަށްދާ ސަރަހައްދުތަކުގެ ފުޅާކަން ކަމަށެވެ.
މިއަހަރުގެ ފަހުކޮޅު އެމެރިކާގެ މިޑްޓާމް އިންތިޚާބު އޮންނައިރު، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތައް ކަމަށްވާ އައިޑަހޯ، ވައޯމިން، މޮންޓާނާ އަދި ޔޫޓާ ފަދަ ސަރަހައްދުތަކުގައި ވެސް މުޒާހަރާގައި ބައިވެރިވުމަށް ރަޖިސްޓްރީވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މީގެ އިތުރުން، އިންތިޚާބުގެ ނަތީޖާ އަނބުރާލުމުގައި މުހިންމު ދައުރެއް އަދާކުރާ ޕެންސިލްވޭނިއާ، ޖޯޖިއާ އަދި އެރިޒޯނާގެ ސަބާބަން ސަރަހައްދުތަކުގައި ވެސް މި ހަރަކާތަށް އޮތް ޝައުގުވެރިކަން ބޮޑެވެ. ގްރީންބާގް ފާހަގަކުރެއްވި ގޮތުގައި، ވޯޓުލާ މީހުން މިހާރު ތިބީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ވަރަށް ބޮޑަށް ކޯފާވެފައެވެ.
މި މުޒާހަރާތަކާ ގުޅިގެން ވައިޓް ހައުސްގެ ތަރުޖަމާނު އެބިގޭލް ޖެކްސަން ނެރުއްވި ބަޔާނެއްގައި، މި ހަރަކާތަކީ ހަމައެކަނި ނޫސްވެރިންގެ ޝައުގުވެރިކަން އޮތް "ޓްރަމްޕް ޑިރޭންޖްމަންޓް ތެރަޕީ ސެޝަންތަކެއް" ކަމަށް ސިފަކުރައްވައި ފާޑުވިދާޅުވެފައިވެއެވެ. ނަމަވެސް "ނޯ ކިންގްސް" ހަރަކާތަކީ 2025 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ބާރުގަދަވަމުން އަންނަ ހަރަކާތެކެވެ.
އެގޮތުން ފުރަތަމަ މުޒާހަރާގައި 4 މިލިއަނާއި 6 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވިއިރު، މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ދެވަނަ މުޒާހަރާގައި 7 މިލިއަނެއްހާ މީހުން ބައިވެރިވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު