އީރާނުގެ ވެރިރަށް ތެހްރާންގައި ހުންނަ "އީރާން ޔުނިވަސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ" އަށް މިއަދު ހެނދުނުގެ ވަގުތެއްގައި ބޮން އަޅައިފިއެވެ.
އީރާނުގެ މެހްރް ނިއުސް އެޖެންސީއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާއަކީ އެމެރިކާއާއި އިސްރާއީލު ގުޅިގެން ދީފައިވާ ހަމަލާއެކެވެ. ނަމަވެސް، ހަމަލާ ދިން ވަގުތު އެ ތަނުގައި ދަރިވަރުން ތިބި ކަމެއް ނުވަތަ ނޫން ކަމެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
މި ހަމަލާއާ ގުޅޭ އިތުރު ތަފްސީލުތައް އަދި ހާމަކޮށްފައި ނުވާއިރު، މީގެ ކުރިން ވެސް އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނުގެ މިނާބް ކައުންޓީގައި ހުންނަ އަންހެން ކުދިންގެ ޕްރައިމަރީ ސްކޫލަކަށް ދިން ވައިގެ ހަމަލާއެއްގައި 168 ދަރިވަރުން މަރުވެފައިވާ ކަން ފާހަގަކުރެވެއެވެ.
މިއަދުގެ ހަމަލާއަކީ އީރާނުގެ ތައުލީމީ މަރުކަޒަކަށް އަމާޒުކޮށް ދެވުނު މިފަދަ ނުރައްކާތެރި އަދި ބިރުވެރި ހަމަލާއެކެވެ.

ކިޔުންތެރިންގެ ހިޔާލު