އެމެރިކާގެ ސިފައިން
އެމެރިކާގެ ސިފައިން
އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އިރާނަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށާފައިވާ މި ދަނޑިވަޅުގައި، މެދުއިރުމައްޗަށް އިތުރު 4،500 ސިފައިން ފޮނުވުމަށް އެމެރިކާއިން ނިންމައިފިއެވެ.

މި ނިންމުމާއެކު، ހަނގުރާމަ ފެށުނު ފަހުން އެ ސަރަހައްދަށް އަލަށް ފޮނުވި އެމެރިކާ ސިފައިންގެ ޖުމްލަ އަދަދު މިހާރު ވަނީ 7،000 އަށް އަރާފައެވެ. މި ސިފައިން ފޮނުވަމުންދަނީ ތިން ފައުޖަކަށް ބަހާލައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދެވުނު ވައިގެ ހަމަލާތަކުގައި އިރާނުގެ 9،000 އަށްވުރެ ގިނަ މަރުކަޒުތަކަށް ވަނީ ނުރައްކާތެރި ހަމަލާތަކެއް ދީފައެވެ. މީގެ އިތުރުން، އެމެރިކާގެ އަސްކަރީ ބާރުގެ ބޭނުންކޮށްގެން އިރާނުގެ ކަނޑުގެ ސަފުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، އިރާނު ނޭވީގެ 140 އަށްވުރެ ގިނަ އުޅަނދު މިހާތަނަށް ވަނީ ހަލާކުކޮށްލާފައެވެ.

މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިރާނުން ވެސް ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން، އިޒްރޭލުގެ ރަށްތަކަށާއި، ގަލްފުގެ ގައުމުތަކުގެ އިތުރުން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންދާކަން ފާހަގަކުރެވެއެވެ. މި ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދުގެ މަސްލަހަތު ވަނީ ނުހަނު ބޮޑަށް ގޯސްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް