ޤައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި އަހަރީ ސްޓާފް އެވޯޑު ހަފުލާގައި، "އެމްޕްލޯއީ އޮފް ދަ އިޔަރ" ނުވަތަ އަހަރުގެ އެންމެ މޮޅު މުވައްޒަފުގެ މަޤާމު ބޭންކުގެ ޓެކްނޮލޮޖީ ޑިވިޝަންގެ ބިޒްނަސް ސިސްޓަމްސްގެ ހެޑު މިސްބާޙް ޢަބްދުއްރަޝީދު ހާސިލްކޮށްފިއެވެ.
ބީއެމްއެލްގެ 43 އަހަރުވީ ތާރީޚުގައި އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި ފާހަގަކުރެވުނު 2025 ވަނަ އަހަރުގެ މި އެވޯޑު ހަފުލާގައި، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރި މުވައްޒަފުންނަށް ޖުމްލަ 38 އެވޯޑު ވަނީ ދީފައެވެ.
އޭގެ ތެރޭގައި "ލީޑަޝިޕް އެކްސެލެންސް އެވޯޑް" ހާސިލްކުރި އިދާރީ ޑިވިޝަންގެ ޕްރޮޕަޓީސް ހެޑު ޔުޒްނާ ނަސީމް ހިމެނެއެވެ. މީގެ އިތުރުން އައުޓްސްޓޭންޑިން ޓީމް އެޗީވްމަންޓް، ޕްރޮޖެކްޓް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަގަރީތަކުން ވެސް ވަކިވަކި މުވައްޒަފުންނާއި ޓީމުތަކަށް އެވޯޑު ދީފައިވެއެވެ.
ބޭންކުގެ ކުރިއެރުމާއި ދިގު މުއްދަތުގެ ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކުރި ފަސް މުވައްޒަފަކަށް
"ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިންގ އެޗީވްމަންޓް" އެވޯޑު ވަނީ އަރުވާފައެވެ. މި އެވޯޑް ހާސިލްކުރި ބޭފުޅުންނަކީ:
* މޫސާ މުންސިފް އަޙްމަދު (ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް)
* ހުޝާމް ސަޢީދު (ޑީރެކްޓަރު، ޓެކްނޮލޮޖީ)
* ރަޝްފާ ޖަޢުފަރު (ޗީފް ކްރެޑިޓް އޮފިސަރު)
* ޙަސަން ޝާމް (ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރު)
* ޢަދުލީ އަޙްމަދު ދީދީ (ޗީފް އިންފޮމޭޝަން އޮފިސަރު)
މި ހަފުލާގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ލިބުނު ކާމިޔާބީއަކީ ހަމައެކަނި މާލީ ކުރިއެރުމެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ އިގުތިޞާދުގައި ބޭންކުގެ ދައުރު ފުޅާވަމުންދާކަމުގެ ހެއްކެއް ކަމަށެވެ.
އަދި މި ހުރިހާ ކުރިއެރުމެއްގެ އަސްލަކީ މުވައްޒަފުންގެ ހީވާގިކަމާއި ފަންނީ ގާބިލުކަން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ބީއެމްއެލްގެ މުވައްޒަފުންގެ 99 އިންސައްތައަކީ ދިވެހިންނެވެ.
ބޭންކުން ބުނި ގޮތުގައި މިފަދަ އެވޯޑުތަކަކީ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ހިތްވަރު ދިނުމަށް ބާއްވާ މުހިއްމު ހަރަކާތެކެވެ.

ކިޔުންތެރިންގެ ހިޔާލު