ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 43 އަހަރުވީ ދިގު ތާރީޚުގައި އެންމެ ކާމިޔާބު އަހަރަށްފަހު، އެ ބޭންކުގެ އަހަރީ އާންމު ޖަލްސާ ރޭ ބާއްވައިފިއެވެ.
މި ޖަލްސާގައި ހިއްސާދާރުންނާ މުޚާތަބު ކުރައްވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ ބޭންކުން ހޯދާފައިވާ ތާރީޚީ ކާމިޔާބީތަކާއި، ކުރިއަށް އޮތް ތަނުގައި ގެންގުޅޭނެ ސްޓްރެޓެޖީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ވަކިން ހާއްސަކޮށް، ބޭންކުގެ ޑިޖިޓަލް ކުރިއެރުންތަކާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ އެހީތެރިކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް އޭނާ ފާހަގަކުރެއްވިއެވެ.
މާލީ ނަތީޖާތަކަށް ބަލާއިރު، ވޭތުވެދިޔަ އަހަރަކީ ބީއެމްއެލްއަށް ބޮޑު ކުރިއެރުމެއް ލިބުނު އަހަރެކެވެ.
އެގޮތުން ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކާމިޔާބީގެ މައިގަނޑު ސަބަބަކީ ބޭންކުން ދޫކޮށްފައިވާ ލޯނުތަކުގެ ޕޯޓްފޯލިއޯ 25 އިންސައްތަ އިތުރުވެ، 25.2 ބިލިއަން ރުފިޔާއަށް އެރުމެވެ.
މީގެ އިތުރުން ބޭންކުގެ ޖުމްލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމަރުން ބޭންކަށް ޖަމާކޮށްފައިވާ ފައިސާގެ އަދަދު ވަނީ 37.2 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މި ހިސާބުތަކުން ހާމަވަނީ ކަސްޓަމަރުންގެ މެދުގައި ބޭންކަށް އޮތް އިތުބާރުގެ ވަރުގަދަކަމެވެ.
ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، 2025 ވަނަ އަހަރަކީ ހަމައެކަނި މާލީ ގޮތުން ރެކޯޑު ފައިދާއެއް ލިބުނު އަހަރެއް ނޫނެވެ.
އެއީ ގައުމީ ބޭންކެއްގެ ހައިސިއްޔަތުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް މާލީ ހިދުމަތްތައް ފުޅާކޮށް، އިގްތިސާދީ ދުވެލި ބާރުކުރުމަށް މަގުފަހިކޮށްދިން އަހަރެކެވެ. ބޭންކުގެ ކާމިޔާބީ މިނެކިރަނީ ހަމައެކަނި ފައިދާއިން ނޫން ކަމަށާއި، ދިވެހިންގެ ދިރިއުޅުމަށާއި ވިޔަފާރިތަކަށް ކުރާ ހެޔޮ އަސަރުތަކަކީ ބޭންކުގެ އަސްލު ކާމިޔާބީ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ކުރިމަގަށް ރޭވިފައިވާ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ބޭންކުގެ މައިގަނޑު ތިން އަސާސަކީ ޑިޖިޓަލް ހިދުމަތްތަކަށް އިސްކަންދިނުމާއި، ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތެއް ދިނުމުގެ އިތުރުން ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރުން ކަމަށެވެ. ބޭންކުން މިހާރު އިންވެސްޓް ކުރަމުންދަނީ މުސްތަގުބަލަށް ކަމަށާއި، އަމާޒަކީ ޑިޖިޓަލް ގާބިލުކަން އިތުރުކޮށް، މުވައްޒަފުން ތަމްރީނުކޮށް، ދިވެހީންގެ ބޭންކުގެ ގޮތުގައި އަބަދުވެސް ދެމިއޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަލްސާ ނިންމަވާލައްވަމުން ސީއީއޯ ވަނީ ބޭންކުގެ 390,000 އަށްވުރެ ގިނަ ކަސްޓަމަރުންނާއި، މުވައްޒަފުން އަދި ހިއްސާދާރުން ބޭންކަށް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ބޭންކުގެ ބޯޑު އޮފް ޑައިރެކްޓަރުންގެ އިރުޝާދަށް ޝުކުރު ދަންނަވަމުން، 2026 ވަނަ އަހަރަކީވެސް ބޭންކަށް ކާމިޔާބު އަހަރަކަށް ވާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު