ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތާރީޚުގައި ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދު، ހިއްސާދާރުންނަށް ބެހުމަށް ރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.
މި ނިންމުމާއެކު، 2025 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 60 ރުފިޔާގެ މަގުން، ޖުމްލަ 322،915،200 (ތިންސަތޭކަ ބާވީސް މިލިއަން، ނުވަސަތޭކަ ފަނަރަ ހާސް، ދުވިސަތޭކަ) ރުފިޔާ ބެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި 2 ހިއްސާ ދޫކުރުމަށްވެސް ރޭގެ ޖަލްސާގައި ވަނީ ނިންމާފައެވެ.
މި އަދަދަކީ ބޭންކުގެ މާލީ ނަތީޖާ ވަރުގަދަކަމާއި، ހިއްސާދާރުންނަށް ފައިދާ ހޯދައިދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް ބޭންކުން ވަނީ ބުނެފައެވެ. އަދި މި ހިއްސާގެ ފައިދާ ލިބޭނީ ބުކް ކްލޯޝަރ ޑޭޓްއާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށް ބޭންކުން މަޢުލޫމާތު ދީފައިވެއެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި އަހަރު ބޭންކުން ހޯދި ވަރުގަދަ މާލީ ނަތީޖާއާއެކު، ހިއްސާދާރުންނަށް ރެކޯޑު އަދަދެއްގެ ފައިދާއެއް ދިނުމަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދިޔުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ ވިޔަފާރީގެ ވަރުގަދަކަމާއި ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރާ އިތުބާރު ރަމްޒުކޮށްދޭ ކަމެއް. ގައުމީ ބޭންކުގެ ހައިސިއްޔަތުން، ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި، ދެމެހެއްޓެނިވި ކުރިއެރުން ހޯދައިދިނުމަށް ފަރުދުންނާއި ވިޔަފާރިތަކަށް ކުރާ އިންވެސްޓްމަންޓްތަކުގެ ޒަރީއާއިން ދިގުމުއްދަތުގެ ފައިދާ ހޯދައިދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،" މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލް އިން ބުނީ މި ކާމިޔާބީއަކީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން މަސައްކަތް ކުރުމާއި ވަރުގަދަ ވިޔަފާރި މޮޑެލްއެއްގެ ނަތީޖާ ކަމަށެވެ. އަދި ބީއެމްއެލް އިން ދަނީ ޑިޖިޓަލް ޚިދުމަތްތައް ވަރުގަދަކުރުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރުދުންނާއި ވިޔަފާރިތަކުގެ ބަދަލުވަމުންދާ ބޭނުންތަކަށް އެއްބާރުލުން ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު