އިސްރާއީލުން އެމެރިކާއާ ގުޅިގެން އީރާނާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަނާ ދެކޮޅަށް ތެލް އަވީވްގައި ކުރި މުޒާހަރާއެއް ހޫނުވެ، ފުލުހުން ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި މުޒާހަރާގައި ސަތޭކައަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، މިއީ މި ހަނގުރާމަ ފެށުނު ފަހުން މިހާ ގިނަ ބަޔަކު އެއްވި ފުރަތަމަ ފަހަރެވެ.
ލޯކަލް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ހަނގުރާމައިގެ ހާލަތާ ގުޅިގެން އެއްވެ އުޅުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި ބޭއްވި މި އެއްވުން ރޫޅާލުމުގެ ތެރޭގައި ފުލުހުން ވަނީ 18 މީހަކު ހައްޔަރުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ އީރާނާއެކު ކުރާ ހަނގުރާމަ ހުއްޓާލުމަށާއި، ދާއިމީ ހަނގުރާމައަކީ ހައްލެއް ނޫން ކަމަށް ބުނެ އަޑުއުފުލާފައެވެ.
ފުލުހުން ބުނި ގޮތުގައި މުޒާހަރާ ރޫޅާލަން ޖެހުނީ ހޯމް ފްރަންޓް ކޮމާންޑުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް 50 އަށްވުރެ ގިނަ މީހުން އެއްތަނަކަށް އެއްވުމުގެ ސަބަބުންނެވެ. މި އޮޕަރޭޝަން މިހާރު ދެވަނަ މަހަކަށް އަޅާފައިވާއިރު، އިސްރާއީލުގެ އެކި ސިޓީތަކުގައި މިފަދަ އިތުރު މުޒާހަރާތަކެއް ވެސް ވަނީ ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު