އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އީރާނުގެ ތެލުގެ މުއްސަނދިކަން އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ބޭނުންފުޅުވާ ކަންތައް ކަމަށް އޭނާ ފާޅުގައި ވިދާޅުވެއްޖެއެވެ.

ފައިނޭންޝަލް ޓައިމްސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ހާގް އައިލެންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަކީ ވަރަށް ފަސޭހަކަމާއެކު ކުރެވިދާނެ ކަމެކެވެ. ނަމަވެސް، މިފަދަ ފިޔަވަޅެއް އަޅައިފިނަމަ އެ ސަރަހައްދުގައި އެމެރިކާގެ ސިފައިން ދިގު މުއްދަތަކަށް މަޑުކުރަން ޖެހިދާނެ ކަމަށްވެސް އޭނާ ގަބޫލުކުރައްވައެވެ.

މި ވާހަކަތައް އައިސްފައިވަނީ ގަލްފް ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރު ގަދަކޮށް، ގިނަ އަދަދެއްގެ ސިފައިން އެ ސަރަހައްދަށް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ފީފާއެއް 115 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ. އަނެއްކޮޅުން، އީރާނުން ވަނީ އެ ގައުމުގެ އިސްތިގުލާލަށް އަރައިގަންނަ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. މީގެ ސަބަބުން މުޅި ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން ވަނީ އުފެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު