ފްލައި މީގެ ބޯޓެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ފްލައި މީގެ ބޯޓެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ވިލާ އެއާގެ ފްލައިމީން މާމިގިއްޔާއި އިންޑިއާއާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.

ސަރުކާރުން ވަނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު ވިލާ އެއާއަށް ބައިނަލްއަގުވާމީ ދަތުރުތައް ކުރުމުގެ ހުއްދަ ދީފައެވެ. އެގޮތުން އެ ކުންފުނީގެ ފްލައިޓެއް މިއަދު ވަނީ ސަޢުދީ އަރަބިއްޔާގެ ހާއިލް ރީޖަނަލް އެއަރޕޯޓަށް ޗަރޓަރ ދަތުރެއް ކޮށްފައެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ފްލައިމީން ބުނެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ގެނެސްދެވޭނެ ގޮތްތައް ފްލައިމީން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ކުރީކޮޅު އިންޑިއާގެ ދިއްލީ، ބެންގަލޫރު، އަހްމަދުއާބާދު، އަދި މުމްބާއީއަށް ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، ފްލައިމީން ބޭރު ދަތުރުތައް ކުރަން ނެރޯ ބޮޑީ ބޯޓެއް ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށް މަޢުލޫމާތު ދީފައިވެއެވެ.

އަދި އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އިތުރު މަތިންދާބޯޓުތައް ގެނެސް، ޗައިނާއަށް ދަތުރުތައް ފެށުމަށް ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ފްލައިމީ އިން މަޢުލޫމާތުދެއެވެ. އިންޑިއާގެ އިތުރުން ކޮލަންބޯގެ ބޯޑަރު ހުޅުވާލުމުން ރާއްޖެއާއި ލަންކާގެ ރަތަމަލާނާ އެއާޕޯޓާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށުމަށް ފްލައިމީން އަންނަނީ ތައްޔާރުވަމުންނެވެ.

ކޮވިޑާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ޑޮމެސްޓިކް ފްލައިޓްތައް ހުއްޓާލާފައި އޮތުމަށްފަހު މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ފްލައިމީން ވަނީ ޑޮމެސްޓިކް ދަތުރުތައް ވެސް އަލުން ފަށައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން