ރައީސް ނަޝީދު މާލޭ ސިޓީ ކައުންސިލާ ބައްދަލު ކުރެއްވުން (ފޮޓޯ: މާލޭ ސިޓީ ކައުންސިލް)
ރައީސް ނަޝީދު މާލޭ ސިޓީ ކައުންސިލާ ބައްދަލު ކުރެއްވުން (ފޮޓޯ: މާލޭ ސިޓީ ކައުންސިލް)
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މާލެ ސިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގެ ތަފްސީލް އެއްވެސް ފަރާތަކުން މީޑިއާއަށް ޙިއްސާކޮށްފައި ނުވާއިރު، މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މަޖިލީހުގެ ރައީސް މާލެ ސިޓީ ކައުންސިލާއި ބައްދަލު ކުރައްވާފައިވާއިރު މާލޭ ސިޓީ ކައުންސިލަރުންގެ މެދުގައި ދެބަސްވުން ތަކެއް ވަނީ އުފެދިފައެވެ.

މީގެއިތުރުން މާލޭ ލޮނުޒިޔާރާތްކޮޅުގައި ހަދާފައިވާ ޕާކުގެ މަސައްކަތްތައް އަމިން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް އޭސީސީން ކުރި ތަހުޤީޤަށް ސާބިތުވާތީ، މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދުގެ މައްޗަށް ދައުވާކުރުމަށްޓަކައި، އޭސީސީން ޕީޖިއަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.



އެކަމާ ގުޅިގެން ސިފާ ނެރުއްވި ބަޔާނުގައި، މާލޭ ސިޓީ މޭޔަރުގެ ޙައިސިއްޔަތުން މަތިކޮށްފައިވާ މަސްޢޫލިއްޔަތު އަދާކުރުމުގައި އެއްވެސް އިރަކު، ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ނުވަތަ އެ ރައްޔިތުންގެ މުދަލާމެދު، އެއްވެސް އިރެއްގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އެ މައްސަލައަކީ ސިޔާސީ ވާދަވެރި ފަރާތްތަކެއް ފަހަތުގައި ތިބެގެން ކުރާ ކަމެއް ކަމަށާއި، އެކަމުގައި ކަމާބެހޭ މުއައްސަސާތަކުން ކުރައްވާ ތަޙްޤީޤުތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް މައްސަލައާ ގުޅިގެން ސިފާ ނެރުއްވި ބަޔާނުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން