އީރާނުގެ އަސްކަރިއްޔާއިން އިސްފަހާން ސަރަހައްދުން އެމެރިކާގެ އެމް.ކިއު-9 މަރުކާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އެގައުމުން މިއަދު ބުނެފިއެވެ.

އީރާނުގެ އަސްކަރިއްޔާއާ ހަވާލާދީ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޑްރޯނަކީ އެމެރިކާ އާއި އިސްރާއީލަށް ނިސްބަތްވާ "ދުޝްމަނުންގެ" އުޅަނދެކެވެ.

އީރާނުގެ އެއަރ ޑިފެންސް ޔުނިޓްތަކުން މި ޑްރޯން ހުއްޓުވައި ގޮވައިލާފައިވަނީ މިއަދުގެ ކުރީކޮޅުގެ ވަގުތެއްގައެވެ. މިއީ އީރާނުގެ ވައިގެ ސަރަހައްދުން މިހާތަނަށް ވައްޓާލެވުނު 146 ވަނަ ޑްރޯން ކަމަށްވެސް އެގައުމުގެ އަސްކަރިއްޔާއިން ބުނެއެވެ. އިސްފަހާނަކީ އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކާއި މުހިންމު އަސްކަރީ މަރުކަޒުތައް ހުންނަ ސަރަހައްދެކެވެ.

އެމް.ކިއު-9 ރީޕަރ ޑްރޯނަކީ އާންމުކޮށް ޖާސޫސީ މަޢުލޫމާތު އެއްކުރުމަށާއި ކުއްލި ހަމަލާތައް ދިނުމަށް ބޭނުންކުރާ، ވަރަށް ފެންވަރު ރަނގަޅު އުޅަނދެކެވެ. މިފަދަ ޑްރޯނެއްގެ އަގު ގާތްގަނޑަކަށް 30 މިލިއަން ޑޮލަރަށް އަރައެވެ. މި ހާދިސާއާ ގުޅިގެން އެމެރިކާ ނުވަތަ އިސްރާއީލުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު